27 Jan 2016, 13:25
ގދ. ތިނަދޫ އިންޖީނުގެ ރޯވެ އަނދައި މުޅި ރަށުން ކަރަންޓްގެ ހިދުމަތް މެދުކެނޑުމުން ފުޅި ބައްތި ދިއްލުމަށް އެހީ ވުމުގެ ގޮތުން ނޭޝަނަލް ޑިސާޒްޓާ މެނޭޖުމަންޓް ސެންތަރުގެ ފަރާތުން ތިނަދޫ ރައްޔިތުންނަށް 1800 ލީޓަރު ކަރާސީނު ފޯރުކޮށްދީފި އެވެ.
ނޭޝަނަލް ޑިސާޒްޓާ މެނޭޖުމަންޓް ސެންޓަރުން މިއަދު ނެރުނު ކުރު ބަޔާނެއްގައި ބުނީ އެ 1800 ލީޓަރު ތެޔޮ އެ ރަށު ކައުންސިލާ ހަވާލު ކުރީ އިއްޔެ ކަމަށެވެ.
އެ ސެންޓަރުން ބުނީ އިއްޔެ އިރުއޮއްސުމާ ހަމައަށް ކޮންމެ ގަކަށް 1.5 ލީޓަރުގެ މަގުން ތެޔޮ ބަހާފައިވާ ކަމަށެވެ.
"ތެޔޮ ބެހުމުގެ މަސައްކަތުގައި ބައިވެރި ވަނީ ކައުންސިލް އިދާރާ، ސިފައިން، ސްކޫލް ޓީޗަރުންނާއި ޕްރިންސިޕަލް އަދި ކެޑޭޓް ކުދިންނެވެ."