27 Jan 2016, 11:48
މާލޭގެ ގެއެއް ބަލައި ފާސްކޮށް 39 ފުޅި ބަނގުރަލާ އެކު މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ 28 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
ބަންގުރާ ގެންގުޅެ، އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅެމުންދާ ގެ ބަލައި ފާސްކޮށް މިދިޔަ ހޯމަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ.
އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އޭނާ ދިރިއުޅެމުންދާ އެޕާޓްމަންޓް ބަލައި ފާސް ކުރި އިރު އެޕާޓްމަންޓް ތެރެއިން ވަނީ 39 ފުޅި ބަނގުރާ ފެނިފައި ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލާގައި ހައްޔަރު ކުރި މީހާ، މިނިސްޓްރީ އިން ކަނޑައަޅާ ތަނެއްގައި ފަސް ދުވަސް ވަންދެން ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމުގެ ހުއްދަ ކްރިމިނަލް ކޯޓުން ވަނީ ދީފަ އެވެ.