26 Jan 2016, 22:49
ގދ. ތިނަދޫ އިންޖީނުގޭގައި ރޯވެ އަނދައި ހުލިވުމުން، ރަށުން ކަރަންޓު ކެނޑި އެ ރަށުގެ ރައްޔިތުން އަސާސީ ހިދުމަތްތަކުން މަހުރޫމްވެފައިވުމުން، ތިނަދޫ ރައްޔިތުންނަށް އެހީވުމަށްޓަކައި މޯލްޑިވިއަންގައި ގދ. ކާޑެއްދޫއަށް އަގެއް ނެތި މުދާ ގެންދެވޭ ގޮތަށް ހަދައި ޓިކެޓުގެ އަގު ހެޔޮކޮށްފި އެވެ.
ތިނަދޫއާ ކައިރީގައި އޮންނަ ކާޑެއްދޫއަށް ދިއުމުގެ އަގު ހެޔޮކޮށްފައިވާއިރު، މޯލްޑިވިއަންނުން ވަނީ އެ ރަށުގެ ރައްޔިތުންނަށް 1.5 ޓަނުގެ ފެން ހަދިޔާ ކުރުމަށް ވަނީ ނިންމާފަ އެވެ.
ގދ. ތިނަދޫ އިންޖީނުގޭގައި ރޯވެ އަނދައި ހުލިވުމުން، ރަށުން ކަރަންޓު ކެނޑި އެ ރަށުގެ ރައްޔިތުން އަސާސީ ހިދުމަތްތަކުން މަހުރޫމްވެފައިވުމުން، ތިނަދޫ ރައްޔިތުންނަށް އެހީވުމަށްޓަކައި މޯލްޑިވިއަންގައި ގދ. ކާޑެއްދޫއަށް އަގެއް ނެތި މުދާ ގެންދެވޭ ގޮތަށް ހަދައި ޓިކެޓުގެ އަގު ހެޔޮކޮށްފި އެވެ.
މޯލްޑިވިއަން އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ތިނަދޫގެ ރައްޔިތުންނަށް އެހީވުމަށްޓަކައި ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި ކާޑެއްދޫ އަށް އަގެއް ނެތި މުދާ ގެންދެވޭނެ ކަމަށެވެ.
ތިނަދޫގެ ހާލަތާއި ގުޅިގެން ގިނަ ކުންފުނިތަކުން އަންނަނީ އެކި ގޮތް ގޮތުން އެރަށުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެމުން ނެވެ.
ގދ. ތިނަދޫގައި ފެނަކަ ކޯޕަރޭޝަނުން ހިންގަމުން އައި އިންޖީނުގޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުމުގެ އަގު ޖުމްލަ 22 މިލިޔަން ރުފިޔާ އަށް އަރާ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑައިރެކްޓަރު މުޙައްމަދު ނިމާލު ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގި އިރު ތިނަދޫ އިންޖީނުގޭގައި 1000 ކިލޯވޮޓްގެ ޖަނަރޭޓަރަކާއި 720 ކިލޯ ވޮޓްގެ ޖަނަރޭޓަރަކާއި 600 ކިލޯވޮޓްގެ ޖަނަރޭޓަރެއް ހުރި ކަމަށާއި އެތިން ޖަނަރޭޓަރު ވެސް ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ.
ހާދިސާއާ ގުޅިގެން ތިނަދޫއިން ކަރަންޓް ކެނޑިފައި ވިޔަސް އެރަށުން ފެނުގެ ހިދުމަތް ނުކެނޑޭނެ ކަމަށް ނިމާލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ހާދިސާ ހިނގި އިރު ތިނަދު އަށް 800 ޓަނުގެ ފެން ރައްކާކޮށްފައި ހުރި ކަމަށެވެ.