އަންނަ ފެބްރުއަރީ މަހު އިންޑިއާގައި ފެށުމަށް ހަމަޖެހިފައިވާ ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ގައުމީ އަންހެން ވޮލީބޯޅަ ޓީމު އިތުރު ތަމްރީނަތައް ފުރިހަމަ ކުރުމަށް އިންޑިއާއަށް ފުރައިފިއެވެ.

އިންޑިއާގެ ގުހާޓީގައި އަންނަ މަހުގެ 6 ވަނަ ދުވަހު ފަށާ ގޭމްސް އަށް ތައްޔާރުވުމަށް ގައުމީ އަންހެން ޓީމު މިއަދު ހެނދުނު އިންޑިއާއަށް ފުރާފައިވާ އިރު އެ ގައުމުގައި އެކުވެރިކަމުގެ ތިން މެޗު ކުޅުމަށް ހަމަޖެހިފައިވާ ކަމަށް ވޮލީބޯލް އެސޯސިއޭޝަނުން ބުނެއެވެ.

ގޭމްސްއަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގައި ވެސް ގިނަ ދުވަސްތަކެއް މަތިން ފަރިތަކޮށްފައިވާ އަންހެން ޓީމުގެ ކޯޗަކަށް އަހުމަދު އަދީލް (ބޭބެ) ހަމަ ޖައްސާފައިވާ އިރު އޭނާ ބުނީ ތަމްރީން ތަކުގެ އެންމެ ބޮޑު ބޭނުމަކީ މެޗުތަކުގައި ހެދޭ މިސްޓޭކްތައް ދެނެގަނަ އެ މިސްޓޭކްތައް ރަނގަޅު ކުރުން ކަމަށެވެ.

އަންހެން ޓީމް އިންޑިއާއަށް ފުރާފައިވާ އިރު ފިރިހެން ވޮލީ ޓީމް އަންނަނީ ތައިލެންޑްގައި ފަރިތަކުރަމުންނެވެ. އަދި މި މަހުގެ 2 ވަނަ ދުވަހު އެ ޓީމު އެނބުރި މާލެ އަންނާނެ އެވެ.