ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީ އަށް ބޭނުންވާ މީހުން ތިބޭ މަރުކަޒަށް، މޯލްޑިވް ގޭސްގެ ފަރާތުން ޒިޔާރަތްކޮށް ބައެއް ތަކެތި ހަދިޔާކޮށްފި އެވެ.

މޯލްޑިވް ގޭސްގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ މިދިޔަ އާދިއްްތަ ދުވަހު އެ ކުންފުނީގެ މުވައްޒަފުން އެ މަރުކަޒަށް ޒިޔާރަތްކޮށް ހަދިޔާ ކުރި ތަކެތީގެ ތެރޭގައި ސެންފޯޑް ބްރޭންޑްގެ ރައިސް ކުކާއާއިި ބްލެންޑާ ފަދަ ތަކެތި އެ މަރުކަޒަށް ހަދިޔާ ކުރި ކަމަށެވެ.

އަދި އޭނާ ވިދާޅުވީ 168 "ބަލި މީހުން" ތިބި މަރުކަޒުގެ މީހުންނަށް ކާބޯތަކެތި ކައްކައި ހެދުމަށް ކޮންމެ މަހަކު 30 ފުޅި ގޭސް ވެސް އެ ކުންފުނީގެ ސޯޝަލް ރެސްޕޮންސިބަލިޓީގެ ގޮތުގައި ފޯރުކޮށްދޭ ކަމަށެވެ. އަދި މެޑިކަލް އޮކްސިޖަން ވެސް އެ ކުންފުނިން ފޯރުކޮށްދޭ ކަމަށް ބުންޏެވެ.

މޯލްޑިވް ަގޭސް އިން ބުނީ ގުރައިދު އަށް އެ ކުންފުނިން ކުރި ޒިޔާރަތުގައި އެމްއެންޑީއެފުގެ ފަޔާ އެންޑް ރެސްކިއުއާ ގުޅިގެން އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވާނެ ގޮތްތަކުގެ މައުލޫމާތު އެ ރަށުގެ ރަށްޔިތުންނަށް ފޯރުކޮށްދިން ކަމަށެވެ.

ގުރައިދޫ ރައްޔިތުންނަށް އަލިފާނުގެ ހާދިސާްއަކުން ރައްކާތެރިވާނެ ގޮތް ކިޔައިދެނީ --