އަންނަ މަހުން ފެށިގެން މާލޭގައި ޕިކަޕްގައި ކުނި އުކާލެވޭނެ ގަޑިތައް ކަނޑައަޅައިފި އެވެ.

މާލެ ސަރަހައްދުގެ ކުނި މެނޭޖު ކުރާ، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަންނަ ފެބްރުއަރީ މަހުން ޕިކަޕް އަދި ލޮރީ ފަދަ އުޅަނދުފަހަރުގައި އުފުލިތައް ބަހައްޓާފައިވާ އެމްޕީއެލްގެ މީރުބަހުރު ބަނދަރަށް ކުނި ގެންދެވޭނީ ހެނދުނު 6:00 އިން ފެށިގެން ރޭގަނޑު ދަންވަރު 1:00 ގެ ނިޔަލަށް ކަމަށެވެ. އަދި ބުނީ ހުކުރު ދުވަސްތަކުގައި މެންދުރު 12:00 އިން ފެށިގެން 14:00 ގެ ނިޔަލަށް އެެ ސަރަހައްދު ބަންދުވާނެ ކަމަށެވެ.