26 Jan 2016, 13:59
ޗައިނާގެ އާ އަހަރު ފާހަގަ ކުރުމުގެ ގޮތުން އަންނަ މަހު ހޮޓެލް ޖެންގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ޗައިނީސް ނިއު އިޔާ ޑިނާ ފެސްޓިވަލް"ގައި ތައާރަފުކުރާ ކާނާގެ ރަހަތައް އެ ހޮޓެލުން ދައްކާލައިފި އެވެ.
ރޭ ހޮޓެލް ޖެންގެ ލައިމް ރެސްޓޮރަންޓުގައި އޮތް ހާއްސަ ކެއުމެއްގައި، "ޗައިނީސް ނިއު އިޔާ ޑިނާ ފެސްޓިވަލް"ގައި ތައާރަފު ކުރުމަށް ހަމަޖެހިފައިވާ ކާނާގެ ރަހަތަކަށް އިންސާފު ކުރުމުގެ ފުރުސަތު ރާއްޖޭގެ މީޑިއާތަކަށް ވަނީ ދީފަ އެވެ.
ހޮޓެލް ޖެންގެ މާކެޓިންގް އެންޑް ޕަބްލިކޭޝަން މެނޭޖަރު ނީނާ މުހައްމަދު ރޭ ސަން އަށް ވިދާޅުވީ، ޗައިނީސް އާ އަހަރު އެ ހޮޓަލުގައި އަންނަ ފެބްރުއަރީ މަހު ތިން ދުވަހުގެ މުއްދަތަކަށް ފާހަގަ ކުރުމަށް ނިންމާފައިވާ ކަމަށެވެ.
"ޗައިނީސް ނިއުޔިއާ އަޅުގަނޑުމެން މި ސެލެބްރޭޑް މި ކުރަނީ ހޮޓެލް ޖެންގައި. ހަތް ވަނަ ދުވަހުން ނުވަ ވަނަ ދުވަހަށް، ތިން ދުވަހު ރޭގަނޑު ބުފޭ އޮންނާނެ. ދެން އަށް ވަނަ ދުވަހާއި ނުވަ ވަނަ ދުވަހު މި އޮންނަނީ ސެޓް މެނޫ އެއް، ޗައިނީސް ތީމް އަށް ސެޓުކޮށްފައި ލަންޗު ގަޑީގައި"، ނީނާ ވިދާޅުވި އެވެ.