25 Jan 2016, 17:00
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ހަގީގަތާ ހިލާފު ދޮގު ހަބަރު ފަތުރަމުންދާތީ، އެ ފަދަ އަމަލުތައް ކުރާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.
އެމްއެންޑީއެފް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، އެ މުއައްސަސާ އާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ފަތުރަމުންދާ ހަބަރުތަކަކީ ރައްޔިތުންގެ މެދުގައި ސިފައިންނާ މެދު ނަފުރަތު އުފެއްދުމަށް ކުރަމުންދާ ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ.
އެމްއެންޑީއެފާ ގުޅޭ ގޮތުން ފަތުރަމުން ދަނީ ކޮން ހަބަރުތަކެއް ކަމެއް އެ މުއައްސަސާ އިން ހާމަކޮށްފައެއް ނުވެ އެވެ. ނަވެސް އެމްއެންޑީއެފުން މިހެން ބުނެފައިވާ އިރު، ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަކަށް 500،000 ޑޮލަރުގެ ޗެކެއް ޖަމާކުރި ކަމަށް ބުނެ، އެ ޗެކްގެ ފޮޓޯކޮޕީއެއް އެޓޭޗް ކޮށްފައިވާ ލީފްލެޓެއް އެމްއެންޑީއެފްގެ ތެރެއަށް އަޅާފައިވާ ކަމަށް ސޯޝަލް މީޑިއާގައި ދަނީ ހަބަރު ފަތުރަމުންނެވެ.