25 Jan 2016, 15:21
ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުގެ ފަނޑިޔާރު ކަމަށް 27 ބޭފުޅަކު ކުރިމަތިލައިފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ ހަމައެނަކި ކްރިމިނަލް ކޯޓުގެ ގާޒީ ކަމުގެ މަގާމަށް ކުރިމަތި ލައްވާފައިވަނީ ތިން ބޭފުޅެއް ކަމަށެވެ. އަދި ހަމައެކަނި ސިވިލް ކޯޓުގެ ގާޒީ ކަމަށް ކުރިމަތި ލައްވާފައިވަނީ ހަ ބޭފުޅުން ކަމަށާއި އަނެއް 18 ބޭފުޅުން ކުރިމަތި ލައްވާފައިވަނީ ދެ ކޯޓުގެ ގާޒީގެ މަގާމަށް ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
ޖޭއެސްސީން ބުނީ ކްރިމިނަލް ކޯޓާއި ސިވިލް ކޯޓަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ތެރެއިން، ކްރިމިނަލް ކޯޓަށް ދެ ގާޒީންނާއި ސިވިލް ކޯޓަށް ދެ ގާޒީން އައްޔަންކުރުމަށް ކުރަންޖެހޭ އެންމެހާ އިދާރީ ކަންކަން މިހާރު ގެންދަނީ ކޮމިޝަނުން ކުރަމުން ކަމަށެވެ. އެ ދެކޯޓަށް ފަނޑިޔާރުން ހޯދުމަށް ކޮމިޝަނުން ކޮށްފައިވާ އިއުލާންގެ މުއްދަތު ހަމަވެފައިވަނީ މިމަހުގެ 20 ވަނަ ދުވަހަށެވެ.