25 Jan 2016, 14:40
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އެކައުންޓަކަށް 500،000 ޑޮލަރުގެ ޗެކެއް ޖަމާކޮށްފައިވާ ކަމަށް ބުނެ ޚަބަރު ފަތުރަމުންދާތީ އެ މައްސަލަ ތަހުގީގުކޮށްދިނުމަށް ރައީސް އޮފީހުން ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް މުއާޒު އަލީ މިއަދު ސަން އަށް ވިދާޅުވީ، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އަށް ދޫކޮށްފައިވާ 500،000 ޑޮލަރުގެ ޗެކެއް ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި ކަމަށް އެކި ފަރާތްތަކުން ޚަބަރު ފަތުރާފައިވާތީ އެ މައްސަލަ ތަހުގީގުކޮށްދިނުމަށް ކަމާ ގުޅުންހުރި މުއައްސަސާތަކަށް މިހާރު ވަނީ ހުށަހަޅާފައި ކަމަށެވެ.
މުއާޒު ވިދާޅުވީ، ރައީސް ޔާމީންގެ އިސްތަށިފުޅުގައި އެފަދަ އިލްޒާމްތަކެއް އެޅުވުމަކީ ސަރުކާރުން ދޫކޮށްލާނެ ކަމެއް ނޫންކަމަށެވެ.
އޭނާ ވިދާޅުވީ، މި ސަރުކާރަކީ މީޑިއާގެ ފަހަތުން ދުވާނެ ސަރުކާރެއް ނޫން ކަމަށާއި ނަމަވެސް ހަގީގަތާ ޚިލާފު ޚަބަރުތައް ފަތުރާނަމަ އެފަދަ މައްސަލަތައް ތަހުގީގު ކުރާނެ ކަމަށެވެ.