މާލޭ މައްޗަންގޮޅީގައި މިރޭ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.
ފުލުހުން ބުނީ ތޫނު އެއްޗަކުން ދިން ހަމަލާގައި މީހާއަށް ސީރިއަސް ޒަހަމްތަކެއް ލިބިފައި ނުވާ ކަމަށާއި އޭނާއަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

މިރޭ ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދީފައި ވަނީ 9:30 އެހާކަންހާއިރު އެވެ.

މިހާދިސާއާ ބެހޭ ތަފުސީލު ނުދެއްވައި ފުލުހުންގެ މީޑިއާ އޮފިޝަލު ހަމައެކަނި ވިދާޅުވީ މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށެވެ. (ތަފުސީލު އަންނަނީ)