18 Apr 2011, 21:39
ލ. އަތޮޅުގެ ޚަބަރުތައް ފަތުރައިދޭ ވެބްސައިޓެއް ކަމަށްވާ، ލާމު އެޓޯލް ޑޮޓް ކޮމް (އެލްއޭ) އޮންލައިން ނޫހެއްގެ ގޮތުގައި އިއްޔެ ރަސްމީކޮށް ރަޖިސްޓްރީ ކޮށްފި އެވެ.
ލ. އަތޮޅު ފޮނަދޫއަށް ނިސްބަތްވާ ޒުވާނުންތަކެއް އުފެއްދި ވެބްސައިޓް އޮންލައިން ނޫހެއްގެ ގޮތުގައި ރަޖިސްޓްރީ ކުރީ ދޮޅު އަހަރެއްހާ ދުވަހު އަތޮޅުގެ ހަބަރުތައް ގެނެސް ދިނުމަށް ފަހު އެވެ. އެލްއޭ އޮންލައިން ނޫހެއްގެ ގޮތުގައި ރަޖިސްޓަރީ ކުރިއިރު ނޫހުގެ ގެ އެޑިޓަރަކީ، ލ. ފޮނަދޫ އެސްޖެހިގޭ އަހުމަދު ރަޝީދެވެ.
އެލްއަކީ ފަހަކަށް އައިސް އަތޮޅެއްގެ ހަބަރުތައް އެންމެ އަވަހަށް ފޮޓޯތަކާއެކު ގެނެސް ދެމުން އަންނަ އެއް ވެބްސައިޓެވެ.