ދަތުރުވެރިންގެ މާރުކޭޓް އަދި ވަޅޯމަސް މާރުކޭޓުގައި ވިއްކޭނީ ހަމައެކަނި ދިވެހި އުފެއްދުންތައް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ދަތުރުވެރިންގެ މާރުކޭޓް އަދި ވަޅޯމަސް މާރުކޭޓަކީ ހަމައެކަނި ރާއްޖޭގައި އުފައްދާ ތަކެތި ވިއްކުމަށް ހާއްސަކޮށްފައިވާ ތަންތަން ކަމަށެވެ.

"މިއިން އެއްވެސް މާރުކޭޓެއްގައި ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނާ ހިލާފަށް ވިޔަފާރިކުރާ ފަރާތްތަކަށް ދޫކޮށްފައިވާ ރަޖިސްޓަރީ ބާތިލުކުރެވޭނެ ވާހަކަ ދަންނަވަމެވެ." އިކޮނޮމިކް މިނިސްޓްރީގެ އިއުލާނުގައިވެ އެވެ.

އިކޮނޮމިކް މިނިސްޓްރީން މިހެން ބުނެފައި އެވަނީ މާރުކޭޓު ބައެއް ގޮޅިތަކުގައި އިމްޕޯޓުކޮށްގެން ރާއްޖެ އެތެރެކުރާ ބައެއް މުދާ ވިއްކަމުންދާތީ އެވެ.