އިނގިރޭސި ވިލާތުގެ މަޝްހޫރު ބޯއި ބޭންޑް "ވަން ޑައިރެކްޝަން"ގެ ލަވަކިޔުންތެރިޔާ ލުއީ ޓޮމްލިންސަންއަށް ދަރިއަކު ލިބިއްޖެ އެވެ.

ލުއީއާއި އޭނާގެ ލޯބިވެރިޔާ ބްރަޔާނާ ޖަންގްވާތުއަށް ދަރިއަކު ލިބުނުކަން އޭނާ ހާމަކޮށްފައިވަނީ ޓްވިޓަރގަ އެވެ. އޭނާ ކުރި ޓްވީޓުގައި ބުނެފައިވަނީ އޭނާގެ ދަރިއަކު އުފަންވެއްޖެ ކަމަށާއި، އެކުއްޖާގެ ސިއްހަތު ރަނގަޅު ކަމަށެވެ.