24 Jan 2016, 17:03
ކޮލަމްބިއާ (ޖެނުއަރީ 24):އިރުމަތީ އެމެރިކާއަށް އަރަމުންދާ ސްނޯގެ ތޫފާނުގެ ސަބަބުން މަރުވި މީހުންގެ އަދަދު 19 އަށް އަރައިފި އެވެ.
އޮފިޝަލުން ވިދާޅުވި ގޮތުގައި މަރުވި 19 މީހުންގެ ތެރެއިން ތިން މީހަކު މަރުވީ މަގުމަތިން ސްނޯ ސާފު ކުރަން އުޅުމުގެ ތެރޭގައެވެ. އަދި ހަ މީހަކު މަރުވީ އެކްސިޑެންޓްވުމުގެ ސަބަބުންނެވެ.
އެ ތޫފާނުގެ ސަބަބުން އެމެރިކާގެ 74،000 މީހުން މިހާރު ދިރިއުޅެމުންދަނީ ކަރަންޓާ ނުލައެވެ. އަދި އެގައުމުގެ 11 ސަރަހައްދެއްގައި މިހާރު ވަނީ ކުއްލި ހާލަތު އިއުލާންކޮށްފަ އެވެ.
ނިއުޔޯކަށް އައި ދެވަނައަށް އެންމެ ބޮޑު ސްނޯ ތޫފާނު ކަމަށް ލަފާކުރެވޭ އެ ތޫފާނުގެ ސަބަބަން އެސިޓީގެ މަގުތަކުގައި ސްނޯ އެއްވެ، ނިއުޔޯކް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.
ސްނޯ ޖޯނަސްގެ ނަންދީފައިވާ އެ ތޫފާން މިއަންނަ ހަފްތާ ތެރޭގައި އިނގިރޭސިވިލާތަށް އަރާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ލަފާކުރެއެވެ.