މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޝަރީގެ ފައިނޭންޝަލް ކޮންޓްރޯލަރުގެ މަގާމަށް އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގައި މިހާތަނަށް ހުންނެވި އަހްމަދު އަސްއަދު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު އައްޔަން ކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ، ގދ. ފަރެސްމާތޮޑާ ގުލްފާމުގޭ، އަސްއަދު ފައިނޭންޝަލް ކޮންޓްރޯލާގެ މަގާމަށް އައްޔަންކުރެއްވީ ސްޓޭޓް މިނިސްޓަރުގެ ފެންވަރުގަ ކަމަށެވެ.

މީގެ އިތުރުން، ފައިނޭންޝަލް ކޮންޓްރޯލަރު ކަމުގެ މަގާމުގައި މިހާތަނަށް ހުންނެވި ހެންވޭރު އިރުވައި މުހައްމަދު އަހްމަދު، ފިނޭންސް މިނިސްޓަރުގެ ނައިބު ކަމުގެ މަގާމަށް ރައީސް ނަޝީދު ވަނީ މިއަދު ބަދަލުކުރައްވައިފަ އެވެ.