24 Jan 2016, 17:11
ސްވިޑެންގެ ޕްރިންސެސް މެޑްލީން، އެކަމަނާގެ އާއިލާ އާ އެކު ރާއްޖޭގައި ޗުއްޓީ ހޭދަ ކުރައްވަމުން އެބަ ގެންދަވަ އެވެ.
ޕްރިންސަސް މެޑްލީން ވަނީ ދަރިކަލުން ޕްރިންސެސް ލިއޮނޯރް އާއި ޕްރިންސް ނިކޮލަސް އާ އެކު ރާއްޖޭގައި ނަގާފައިވާ ފޮޓޯތަކެއް އެކަމަނާގެ އޮފިޝަލް ފޭސްބުކް ޕޭޖުގައި ޕޯސްޓުކޮށްފަ އެވެ.
ހަބަރުތައް ބުނާ ގޮތުން ޕްރިންސަސް މެޑްލިން އާއި އެކަމަނާގެ އާއިލާ ޗުއްޓީ ހޭދަ ކުރައްވަމުން ގެންދަވަނީ ސޮނެވާ ފުށީ ރިސޯޓުގެ ގެ އެންމެ ބޮޑު ވިލާ ގައެވެ.

ސްވިޑެންގެ ޕްރިންސެސްގެ އޮފިޝަލް ފޭސްބުކު ޕޭޖުގައި ޕޯސްޓުކޮށްފައިވާ ފޮޓޯ އެއް ---
އެ ވިލާއަށް ދުވާލެއްގެ މައްޗަށް 7974 އެމެރިކާ ޑޮލަރު ދައްކަން ޖެހެ އެވެ.
ތިރީސް ތިން އަހަރުގެ ޕްރިންސެސް މެޑްލީން ކައިވެނިފުޅު ބައްލަވައިގެން އުޅުއްވަނީ ނިއުޔޯކުގެ ފައިނޭންސަރެއް ކަމަށްވާ ކްރިސް އޮނެއިލް އާ އެވެ. އެ ކަމަނާއާއި އެކަމަނާގެ ފިރިކަލުން ދިރިއުޅުއްވަމުން ގެންދަވަނީ ލަންޑަން ގައެވެ.