24 Jan 2016, 11:09
ރިއޯޑިޖެނީރޯ (ޖެނުއަރީ 24):ބްރެޒިލްގެ ރެސީފީ ސިޓީގައި ހުންނަ ޖަލަކުން 100 އަށްވުރެ ގިނަ ގައިދީން އިއްޔެ ފިލައިފި ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ.
ރިޕޯޓުތަކުގައިވާ ގޮތުން ފްރެއި ޑަމިއާއޯ ބޮޒާނޯ ޖަލުން ގައިދީން ފިލީ ގޮވާތަކެތި ބޭނުންކޮށްގެން ޖަލުގެ ފާރު ގޮއްވާލައިގެންނެވެ. ޖަލުން ފިލި ގައިދީން ހުއްޓުވަން ފުލުހުން ކުރި މަސައްކަތުގެ ތެރޭގައި ދެ ގައިދީން މަރުވި ކަމަށްވެސް ރިޕޯޓުތަކުގައިވެ އެވެ.
ބްރެޒިލްގެ ފުލުހުން މިހާރު ވަނީ ޖަލުން ފިލި ގައިދީންގެ ތެރެއިން 40 މީހަކު ހައްޔަރުކޮށްފަ އެވެ.
މީގެ ތިން ދުވަސް ކުރިންވެސް ބްރެޒިލްގެ އެހެން ޖަލަކުން 53 ގައިދީން ވަނީ ފިލާފަ އެވެ. ނަމަވެސް ފުލުހުން ވަނީ އޭރު ފިލި ހުރިހާ ގައިދީން ހޯދުމަށް ފަހު އަނެއްކާވެސް ހައްޔަރުކޮށްފަ އެވެ. (އީއެފްއީ)