އއ. ތޮއްޑޫގައި ފަތުރުވެރިއެއްގެ ދަބަހުން 18،000 ރުފިޔާ ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ވަގަށް ނެގި ފައިސާގެ ތެރެއިން 12،000 ރުފިޔާ މިހާރު ހޯދިފައިވާ ކަމަށާއި ބާކީހުރި ފައިސާތައް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ.

އިއްޔެ ހަވީރުގެ ވަގުތެއްގައި އެފައިސާތައް ވަގަށް ނަގާފައި ވަނީ ތޮއްޑޫގައި ފަތުރުވެރިން މޫދަށްއެރި އުޅޭ ސަރަހައްދުންނެވެ.

އެ މައްސަލައިގައި ހައްޔަރު ކުރި މީހުންގެ މައުލޫމާތު ފުލުހުން ހާމައެއް ނުކުރެއެވެ. އަދި ވަގަށް ނެގި ފައިސާ ހޯދީ ކޮންތާކުން ކަމެއް ވެސް ފުލުހުން ހާމައެއް ނުކުރެއެވެ.