23 Jan 2016, 12:01
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ދަށުން ހިއްކާފައިވާ ސަރަހައްދު ފެނިކުރުމަށް ގަސް ހަދިޔާ ކުރުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ ރަށަކަށް ހުޅުވާލައިފި އެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން(އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓާ މުހައްމަދު ސައިމަން މިއަދު ސަން އަށް ވިދާޅުވީ ހުޅުމާލެ ފެހިކުރުމަށް 130،000 ގަސް ބޭނުންވާ އިރު އެ ގަސްތައް ހަދިޔާ ކުރުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ ރަށަކަށް ހުޅުވާލާފައިވާ ކަމަށެވެ.

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގެ ދަށުން ހިއްކާފައިވާ ސަރަހައްދަށް ޅ. ނައިފަރުން ވަނީ 150 ގަސް ހަދިޔާކޮށްފަ އެވެ. އަދި މިދިޔަ ބުރާސް ފަތި ދުވަހު ވަނީ އެ ގަސްތައް އެސަރަހައްދުގައި އިންދައިފަ އެވެ.
ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި މިހާރު ވަނީ 25000 ވަރަކަށް ގަސް އިންދައިފަ އެވެ.