ކުރިއަށް އޮތް ސައުތު އޭޝިއަން ގޭމްސްއަށް ތައްޔާރުވާ ގައުމީ ޓޭބަލް ޓެނިސް ޓީމު މުބާރާތަށް ތައްޔާރުކުރުމަށް ޗައިނާގެ ހެނަނަން ޕްރޮވިންސް ޓީޓީ ޓީމުން ރާއްޖޭގެ ޓީޓީ ޓީމާ އެކު މާލޭގައި ޓްރޭނިން ޕްރޮގްރާމެއް ފަށައިފިއެވެ.

ޓޭބަލްޓެނިސް އެސޯސިއޭޝަންގެ ނައިބުރައީސް ޢަލީ ރަޝީދު ވިދާޅުވީ، ހެނަން ޕްރޮވިންސް ޓީމުން މާދަމާގެ ނިޔަލަށް ޓްރޭނިން ޕްރޮގްރާމް ކުރިއަށް ގެންދާނެ ކަމަށެވެ.

މި ޓްރޭނިން ޕްރޮގްރާމުގައި ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމާ ދެކޮޅަށްވެސް އެޓީމުން ދަނީ މެޗްތައް ކުޅެމުންނެވެ.

ޓްރޭނިން ޕްރޮގްރާމް އަމާޒުކޮށްފައިވަނީ ސައުތު އޭޝިއަން ގޭމްސްގެ އިތުރުން ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަ ކުރާ ގައުމީ އަންހެން ޓީމަށެވެ.

ޢަލީ ވިދާޅުވީ، ހެނަން ޕްރޮވިންސް ޓީމަކީ ރާއްޖޭގެ ޓީޓީ އެސޯސިއޭޝަނާ ރަނގަޅު ގުޅުމެއް އޮންނަ ޓީމެއް ކަމަށާއި ޓްރޭނިން ޕްރޮގްރާމަކީ އެގޮތުން ކުރިއަށްދާ ޕްރޮގްރާމެއް ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ ޓީޓީ ކުޅުންތެރިޔަކު ދަނީ އެ ޕްރޮވިންސްގެ ޓީމުގައި ޓްރޭނިން ސްކޮލާޝިޕެއް ފުރިހަމަ ކުރަމުން ކަން ޢަލީ ފާހަގަ ކުރިއެވެ.