ކުރިއަށް އޮތް ސައުތު އޭޝިއަން ގޭމްސްއަށް ތައްޔާރުވާ ގައުމީ އަންހެން ފުޓްބޯޅަ ޓީމު މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ބަހްރެއިންގެ ގައުމީ އަންހެން ޓީމާ ދެކޮޅަށް ބައިނަލްއަގުވާމީ ރަހުމަތްތެރި ކަމުގެ މެޗެއް ކުޅޭ ގޮތަށް ހަމަޖެހިއްޖެއެވެ.

އަންހެން ގައުމީ ޓީމު ވަނީ އިއްޔެ ބަހްރެއިންއަށް ގޮސްފައެވެ.

ބަހްރެއިންގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކޭމްޕް ފެބްރުއަރީ މަހުގެ އެއް ވަނަ ދުވާހަ ހަމަޔަށް ވަނީ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައެވެ.

ރާއްޖެއާ ބަހްރެއިން ވަނީ މީގެ ކުރިން ދެ ފަހަރު ބައްދަލުކޮށްފައެވެ.

މާލޭގައި 2007 ވަނަ އަހަރު އޭޕްރީލް މަހު ކުޅުނު މި ދެމެޗްގެ ތެރެއިން ފުރަތަމަ މެޗް ބަހްރެއިން 1-0 ކާމިޔާބު ކުރިއިރު ދެ ވަނަ މެޗް ރާއްޖެއިން ވަނީ 1-1 ން އެއްވަރުކޮށްފައެވެ.