23 Jan 2016, 10:16
އޮންޓާރިއޯ (ޖެނުއަރީ 23): ކެނެޑާގެ ހުޅަނގު ސަރަހައްދުގައި އޮންނަ ސަސްކަޗްވާން ޕްރޮވިންސުގެ ލަލޯޝް ކޮމިއުނިޓީ ސްކޫލަށް ބަޑިން ހަމަލާދީ ހަތަރު މީހަކު މަރާލައިފި އެވެ.
ސްވިޒަލެންޑުގައި އޮތް ވޯލްޑް އިކޮނޯމިކް ފޯރަމްގައި ބައިވެރިވެވަޑައިގަންނަވަންވެގެން އެގައުމުގައި ހުންނެވި ކެނެޑާގެ ބޮޑުވަޒީރު، ޖަސްޓިން ޓްރޫޑޯ ވިދާޅުވީ އެ ސްކޫލުގައި ހިނގާ ދިޔަ ހާދިސާ އަކީ "ހުރިހާ މައިންބަފައިންގެ އެންމެ ނުބައި ހުވަފެން" ކަމަށެވެ.
ފުލުހުން ބުނާ ގޮތުގައި ސްކޫލަށް ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ މީހަކު މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ހަމަލާގައި ޒަހަމްވި މީހުންނަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
އެ ހަމަލާއަކީ ފާއިތުވި 26 އަހަރު ތެރޭގައި ކެނެޑާގެ ސްކޫލަކަށް ދިން އެންމެ ވަރުގަދަ ހަމަލާ އެވެ.