ކުއްލި މަރު ގެ ހާލަތު ކުރިމަތިވާ މީހުންގެ ނިސްބަތް ދުވަހުން ދުވަހަށް ގިނަވަމުންދާއިރު އޮސްޓްރޭލިޔާގެ ސައެންސްވެރިންގެ ޓީމަކުންވަނީ އިންސާނާއަށް ކުއްލި މަރުދިމާވެދާނެ ސަބަބުތަކާބެހޭ ދިރާސާތަކެއްކޮށް އެފަދަ ސަބަބުތައް ހޯދާފައެވެ.

ތިން ލައްކަ އެއްހާ މީހުން ގެ ޙާލާތު ބަލައިގެން ކުރި މިދިރާސާގެ އަލީގައި އޮސްޓްރޭލިޔާގެ ސައެންސްވެރިން ކުއްލި މަރު ކުރިމަތިވެދާނެ ހަ ޙާލަތެއް ވަނީ ހޯދާފައެވެ. މި ފަސް ޙާލަތުގެ ތެރޭގައި ހިމެނެނީ ބަނގުރާ ބުއިމާއި ދުންފަތުގެ އިސްތިޢްމާލު ކުރުމާއި މާގިނަ ހަރަކާތްތައް ނުކޮށް އިށީންދެ އިނދެގެން ދުވާލުގެ ބޮޑުބައި ހޭދަކުރުމާއި، ކަސްރަތު ނުކުރުމާއި، ސިއްޙީ ޙާލަތަށް ބަލާނުލައި އެކިބާވަތުގެ ޑައެޓްތައް ނެގުމާއި، ނިދި މަދުވުން ނޫނީ މާގިނައިން ނިދުމެވެ.

މިއިން ކޮންމެ ކަމަކީވެސް އެކަންތައްތަކުގެ ސަބަބުން ކުއްލި މަރު އިންސާނާއަށް ކުރިމަތިވެފައިވާ ކަންތައްތައްކަން ތަފާސްހިސާބުތަކުގެ އަލީގައާ އަދި 6 އަހަރުގެ ދިރާސާގެ އަލީގައި ސައެންސްވެރިންގެ މިޓީމަށްވަނީ ފާހަގަ ކުރެވިފައެވެ.

މި ހަ ކަންތައްތައް އެކެއްގެ ކިބާގައި ހުރެއްޖެނަމަ ކުއްލި މަރު އޭނާއާ ކުރިމަތިލުމުގެ ފުރްސަތު އެތަށް ގުނައަކަށް މައްޗަށްދާ ކަންވެސް މި ދިރާސާއިންވަނީ ހާމަވެފައެވެ. މިފަސްކަންތައްތަކުގެ ތެރޭން ކޮންމެ ކަމެއް ހުރުމަކީވެސް ކުއްލި މަރުގެ ފުރްސަތު ބޮޑުވެގެންދާކަމެކެވެ. ނަމަވެސް ކޮންމެ އިންސާނަކީވެސް ހަށިގަނޑު އުފެދިފައިވާގޮތުން އެނެކަކާ ވަރަށް ބޮޑު ތަފާތުތަކެއް ހުންނަ މީހަކަށްވާތީ މިކަންކަމުގެ އަސަރު އެކި މީހުންނަށް ކުރާނީ އެކި ވަރަށްކަމަށްވެސް މިދިރާސާ ކުރި ސައެންސްވެރިން ހާމަކޮށްފައިވެއެވެ. (ޓައިމް)