21 Jan 2016, 17:54
(18 ޖެނުއަރީގެ އަދަދާ ގުޅޭ)
سيّد سليمان ندوىޖަމާކުރެއްވިعلاّمة شبلى نعمانىލިޔުއްވި "سيرة النبى" ގެ ދެވަނަ ޖިލްދުގެ 406 ވަނަ ޞަފްޙާގައި ބަޔާންކުރައްވާފައިވާ ގޮތުގައި،أمّ المؤمنين السّيّدة عائشة رضى اللّـه عنــهاއަވަހާރަވީ ހިޖުރައިން 57 ވަނަ އަހަރުއެވެ. އޭރު އެކަމަނާގެ އުމުރުފުޅަކީ 66 އަހަރުފުޅެވެ. ފަސްދާނުލެވުނީ އެކަމަނާގެ ވަޞިއްޔަތާ އެއްގޮތަށް، ޖަންނަތުލްބަޤީޢުގައެވެ.
ޢުމުރުފުޅުގެ މަރްޙަލާތައް
ކައުސާހިބާصلّى اللّـه عليه وسلّمއެކަމަނާއާ ކާވެނިބައްލަވައިގެންނެވީ، ނަބީކަމުގެ 11 ވަނަ އަހަރުއެވެ.
- ކައުސާހިބާصلّى اللّـه عليه وسلّمއާ ކާވެނިބައްލަވައިގެންނެވިއިރު، އެކަމަނާގެ ޢުމުރުފުޅަކީ، ބަޔެއް ރިވާޔަތްތަކުގައިވާގޮތުން 7 އަހަރުފުޅެވެ.
- ކައުސާހިބާصلّى اللّـه عليه وسلّمގެ ގަނޑުވަރަށް އެކަމަނާ ވަޑައިގަތީ، ބަޔެއް ރިވާޔަތްތަކުގައިވާގޮތުން، ޢުމުރުފުޅުން 9 އަހަރުފުޅުގައެވެ. އަނެއްބައި ރިވާޔަތުގައިވާގޮތުން، 15 އަހަރުފުޅު ނުވަތަ 19 އަހަރުފުޅުގައެވެ.
- އެކަމަނާއާ ކާވެނިބައްލަވައިގެންނެވިއިރު ކައުސާހިބާصلّى اللّـه عليه وسلّمގެ ޢުމުރުފުޅަކީ 51 އަހަރުފުޅެވެ.
- ކައުސާހިބާصلّى اللّـه عليه وسلّمގެ އަނބިކަނބަލަކަށް ކައުސާހިބާގެ އަރިހުގައި އެކަމަނާ އިންނެވީ ގާތްގަނޑަކަށް 9 އަހަރުއެވެ.
- އެކަމަނާ އަވަހާރަވީއިރު، އެކަމަނާގެ ޢުމުރުފުޅަކީ 66 އަހަރުފުޅެވެ.
- އެކަމަނާ އަވަހާރަވީ ހިޖްރައިން 57 ވަނަ އަހަރުއެވެ.
- އެކަމަނާ ފަސްދާނުލެވިފައިވަނީ، މަދީނަތުލްމުނައްވަރާގެ ޖަންނަތުލް ބަޤީޢުގައެވެ.
އަރަހުށި މާތްاللّـه،أمّ المؤمنين السّيّدة عائشة صدّيقةއަށް ރުއްސުންލައްވާށިއެވެ.
ޙަވާލާ
އުރުދޫ އެންސައިކްލޮޕީޑިޔާ އޮފް އިސްލާމް
- ސީރަތެ ޢާއިޝާ ސައްޔިދު ސުލައިމާން ނަދުވީ
- ތަފްހީމުލްޤުރްއާން ސައްޔިދު އަބުލް އަޢުލާ މައުދޫދީ
- ރަޙްމަތުއްލިލްޢާލަމީން ޤާޟީ މުޙައްމަދު ސުލައިމާން ސަލްމާން މަންޞޫރު ޕޫރީ
- ޞަޙާބިއްޔާތެ މުބައްޝިރާތު މަޙްމޫދު އަޙްމަދު ޣަޟަންފަރު
- އުންމަހާތުލްމުއުމިނީން ޙަކީމް މަޙްމޫދު އަޙްމަދު ޡުފަރު
- އުންމަހާތުލްމުއުމިނީން ޕްރޮފެސަރ ޚާލިދު ޕަރުވޭޒު
- އަޒްވާޖެ މުޠައްހަރާތު ޑޮކްޓަރ ޙާފިޒު ޙައްޤާނީ މިޔާން ޤާދިރީ
- މުޙްސިނެ އިންސާނިއްޔަތު ނަޢީމް ޞިއްދީޤީ
- ސީރަތުއްނަބިއްޔު ޢައްލާމް ޝިބްމީ ނުޢުމާނީ، ސައްޔިދު ސުލައިމާނު ނަދްވީ
- އައްރަޙީޤުލްމަޚްތޫމް މައުލާނާ ޞަފިއްޔުރްއަޙްމާނު މުބާރިކުޕޫރީ
- ތިޛުކާރެ ޞަޙާބިޔާތު ޠާލިބުލްހާޝިމީ
- އަލްޤުރްއާނުލްކަރީމުގެ ދިވެހި ތަރުޖަމާ
ނިމުނީ