ކުރިއަށް އޮތް ސައުތު އޭޝިއަން ގޭމްސްގައި ވާދަ ކުރުމަށް ރާއްޖެއިން ވާ ތައްޔާރީތައް ވަޒަންކުރުމަށް އިންޑިއާގެ ކުޅިވަރުގެ ވަފުދެއް ރާއްޖެއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

މިވަފުދުގައި ހިމެނިވަޑައިގަންނަވަނީ އިންޑިއާގެ މިނިސްޓްރީ އޮފް ސްޕޯޓްސް އެންޑް ޔޫތު އެފެއާޒުގެ އިސް ބޭފުޅުންނާއި އިންޑިއަން އޮލިމްޕިކް އެސޯސިއޭޝަންގެ އިސްބޭފުޅުންނެވެ.

ޔޫތު މިނިސްޓްރީން ބުނީ އިންޑިއާގެ މިވަފުދު ރާއްޖޭގެ ކުޅިވަރުގެ ހާލަތު ވަޒަން ކުުރުމުގެ އިތުރަށް މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ އިސްވެރިންނާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އިސްވެރިންނާ ބައްދަލު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ޔޫތު މިނިސްޓްރީން ބުނީ އިންޑިއާގެ މިވަފުދުގެ ދަތުރަކީ އަންނަ މަހު ހަޔަކުން 16 އަށް އެގައުމުގެ ގުވަހަތީ އަދި ޝޮލޮންގ ގައި ބޭއްވުމަށް ހަމަޖެހިފައިވާ 12 ވަނަ ސައުތު އޭޝިއަން ގޭމްސްގައި ވާދަ ކުރާ އަނެއް ހަ ގައުމު ގޭމްސްއަށްވާ ތައްޔާރީތައް ދެނެގެތުމަށް ފަށާފައިވާ ޕްރޮގްރާމުގެ ތެރެއިން ރާއްޖެއަށްވެސް ކުރާ ޒިޔާރަތެއް ކަމަށެވެ.