ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްގެ ސަދަގާތް ފައުންޑޭޝަނުން އިސްލާމީ މަރުކަޒަށް ފަންކާތަކެއް ހަދިޔާކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީގައި މިއަދު މެންދުރު އޮތް ހާއްސަ ރަސްމިއްޔާތެއްގައި އެ ފަންކާތައް މިނިސްޓްރީއާ ހަވާލުކުރެއްވީ މެޑަމް ފާތިމަތު އިބްރާހިމް އެވެ. އަދި ފަންކާތަކާއި މިނިސްޓްރީގެ ފަރާތުން ހަވާލުވެވަޑައިގަތީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު އެވެ.

މެޑަމް ފާތުންގެ ފައުންޑޭޝަނުން އިސްލާމީ މަރުކަޒަށް ހަވާލުކުރި ފަންކާ: ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް އަހުމަދު މިއަދު ވިދާޅުވީ ސަދަގާތް ފައުންޑޭޝަނުން އިސްލާމީ މަރުކަޒަށް ހަވާލުކުރީ 12 ފަންކާ ކަމަށެވެ. އަދި އެ ފަންކާތައް ބޭނުން ކުރާނީ އެ މިސްކިތުގެ ތިން ވަނަ ފަންގިފިލާފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މެޑަމް ފާތިމަތު އިބްރާހިމްގެ ފައުންޑޭޝަނުން ހަވާލުކުރި ފަންކާތަކުގެ ޖުމުލަ އަގަގީ 222،000 ރުފިޔާ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވީ ސަދަގާތް ފައުންޑޭޝަނަކީ އިސްލާމިކް މިނިސްޓްރީއާ ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ ޖަމިއްޔާއެއް ކަމަށެވެ.