21 Jan 2016, 13:37
އދ. އޮމަދޫގައި ސިހުރު ހަދާ ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން އެ ރަށަށް ފުލުހުން އަރައި ބައެއް ގެތައް ބަލައި ފާސްކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން"އަށް މިއަދު ވިދާޅުވީ އިއްޔެގެ ވަގުތެއްގައި އޮމަދޫ އަށް ފުލުހުން އެރީ އެ ރަށުގައި ސިހުރު ހަދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާ ގުޅިގެން ކަމަށެވެ. އަދި ވިދާޅުވީ އެ ރަށުގެ ބައެއް ގެތައް ބަލައި ފާސްކޮށް މައްސަލައާ ގުޅޭ ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
ފުލުހުން ގެންދިޔައީ ކޮން އެއްޗެއްސެއް ކަމެއް އޮފިޝަލު ވިދާޅެއް ނުވެ އެވެ.
އޮމަދޫ މީހަކު "ސަން" އާ ވާހަކަދައްކަމުން މިއަދު ބުނީ ފުލުހުން ޗެކު ކުރި ގިނަ ގެތަކަކީ ރަށުގައި ސިހުރު ހަދާ ކަމުގެ ވާހަކަތައް ދެކެވޭ މީހުންގެ ގެތައް ކަމަށެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު އޮމަދޫ އިން ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.