18 Apr 2011, 15:05
އިސްލާމިކް ފެއާ މިއަހަރު ރާއްޖޭގެ އުތުރުގައި ބާއްވަން އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިފި އެވެ.
މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިއަހަރު ބާއްވާ އިސްލާމިކް ދެ ފެއާގެ ތެރެއިން އެއް ފެއާ ބާއްވާނީ ރާއްޖޭގެ އުތުރުގެ ރަށެއްގައި ކަމަށާއި ފެއާ ބާއްވާނެ ރަށެއް އަދި ކަނޑަނާޅާ ކަމަށެވެ.
ފެއާ ބޭއްވުމަށް އުތުރު ސަރަހައްދުގެ ގައުމީ އިދާރާއާ އެކު މަޝްވަރާތައް ފަށާފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބާއްވާ ދެވަނަ ފެއާ ބާއްވަނީ މާލޭ ސިޓީގަ އެވެ.