21 Jan 2016, 11:15
އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ދައުވަތަކަށް އެމެރިކާގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ޔާސިރު ގާޟީ އަނެއްކާވެސް ރާއްޖެ ވަޑައިގަތުމަށް ނިންމަވައިފި އެވެ.
ޑރ. ޔާސިރު ގާޒީ ވަނީ މިދިޔަ އަހަރުގެ މާޗް މަހު ވެސް ރާއްޖެ ވަޑައިގެންފަ އެވެ. އެ ދަތުރުފުޅަކީ، އިސްލާމިކް މިނިސްޓްރީއިން ކުރިޔަށް ގެންދިޔަ "ދަ މެސެޖު" ދީނީ ދަރުސް ޕްރޮގްރާމްގައި ދީނީ ނަސޭހަތް ދެއްވުމަށް ކުރެއްވި ދަތުރުފުޅެކެވެ.
ކުރީގެ އިސްލާމިކް މިނިސްޓަރު އަދި އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރޭ އެމަނިކުފާނު ޑރ. ޔާސިރު ގާޒީއާ ވާހަކަދައްކަވައި ރާއްޖެ ވަޑައިގަތުމުގެ ދައުވަތު ދެއްވާފައިވާ ކަމަށެވެ. އަދި ޑރ. ޔާސިރު ގާޒީ އެ ދައުވަތު ގަބޫލުފުޅު ކުރެއްވި ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.
Tonight I did talk with brother Dr. Yaasir Qadhi, and I invited him to visit Maldives and he has agreed.pic.twitter.com/yqfERxqTFI
— د.محمد شهيم علي سعيد (@Mohamedshaheem1)January 20, 2016
Insha Allah Dr.yasir will meet IUM students, and at the same time we will arrange a public lecture too.pic.twitter.com/Rf9160ywku
— د.محمد شهيم علي سعيد (@Mohamedshaheem1)January 20, 2016
ޝަހީމް ވިދާޅުވީ، ޑރ. ޔާސިރު ގާޒީގެ ދަތުރުފުޅުގައި އިސްލާމިކް ޔުނިވާސިޓީގެ ދަރިވަރުންނާ ބައްދަލުކުރައްވާނެ ކަމަށާއި، އަދި އާންމުކޮށް ހުޅުވާލައިގެން ތަޤްރީރެއްވެސް ކުރައްވާނެ ކަމަށެވެ.
ޑރ. ގާޒީ ރާއްޖެ ވަޑައިގަންނަވާނެ ތާރީޚެއް ޝަހީމް ވިދާޅެއް ނުވެއެވެ.
In this year, some international scholars will visit, and IUM will be a bridge between Maldives and the Muslim worldpic.twitter.com/0qubhgNdfv
— د.محمد شهيم علي سعيد (@Mohamedshaheem1)January 20, 2016
"މި އަހަރު ބައިނަލްއަގުވާމީ ގޮތުން ފާހަގަ ކޮށްލެވޭ އެކިއެކި އިލްމުވެރިން ރާއްޖެ ވަޑައިގަންނަވާނެ. ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ ވެގެން ދާނީ ރާއްޖެއާއި މުސްލިމު ދުނިޔެއާ ދެމެދު އަޅާއިލެވޭ ފާލަމަކަށް،" ޑރ ޝަހީމް ޓްވިޓަރގައި ވިދާޅުވެފައި ވެ އެވެ.