20 Jan 2016, 21:29
ކޮމެޑީ ފިލްމުތަކުގައި ގިނަ ދުވަސްތަކެއް ހޭދަ ކުރުމަށްފަހު، ބޮލީވުޑްގެ މަޝްހޫރު ތަރި ޖޯން އަބްރަހަމް ކުޅުނު އެކްޝަން ފިލްމު "ރޮކީ ހޭންޑްސަމް" ގެ ޓީސާ ރިލީޒުކޮށްފިއެވެ.
އެ ފިލްމުގެ ޓީސާ ރިލީޒުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައި ޖޯން އަބްރަހަމްގެ ޓްވިޓާ އެކައުންޓު މެދުވެރިކޮށެވެ.
ފިލްމު "ރޮކީ ހޭންޑުސަމް" ގައި ޖޯން ފެނިގެންދާނީ ހަށިގަނޑު ވަރުގަދަ، ނުރައްކާތެރި ތެޅުންތެރިއެއްގެ ގޮތުގައެވެ. ޖޯން އާ އެކު ބޮލީވުޑްގެ ބަތަލާ ޝްރޫތީ ހަސަން ވެސް އެފިލްމުގެ ލީޑު ރޯލުން ފެނިގެންދާނެ އެވެ.
ނިޝިކަންތު ކަމަތު ޑައިރެކްޓުކޮށްފައިވާ އެ ފިލްމު ރިލީޒު ކުރަން ހަމަޖެހިފައި ވަނީ އަންނަ މަހު ފަސް ވަނަ ދުވަހުއެވެ.
ގިނަ ބަޔަކަށް ކަމުދާ ޖޯން އަބްރަހަމް ވަނީ ކާމިޔާބު ފިލްމުތަކެއް ކުޅެފައެވެ. އޭނާގެ ފާހަގަ ކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި، ފޯސް، ޝޫޓް އައުޓް އެޓް ވަޑާލާ، ވެލްކަމް ބެކް ގެ އިތުރުން ދޭސީ ބޯއިޒް ފަދަ ފިލްމުތައް ފާހަގަ ކޮށްލެވެއެވެ.
މައުލޫމާތު:އިންޑިއަން އެކްސްޕްރެސް