ކުޑަކުއްޖަކު ގޮަވައިގެން ސްކޫލަށްދިޔަ ބެލެނިވެރިއަކާއި ޖިންސީ ގޯނާކުރި ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ސަން އަށް ވިދާޅުވީ އަންހެނަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި މިއަދު 11:30 ގައި ބިދޭސީއެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

ސަންއަށް އެނގިފައިވާގޮތުގައި އެބިދޭސީ މީހާ ހައްޔަރުކޮށްފައިވަނީ އެކްސެލް ޕްރީސުކޫލަށް ކުއްޖަކު ގޮވައިގެން ދިޔަ އަންހެނެއްގެ ފަހަތު އަޅުވާލައި މަގުމަތިން އެއަންހެން މީހާގެ ޖިންސީ ގުނަވަންތަކުގައި ގަދަކަމުން އަތްލާ ހެދި ކަމުގެ ތުހުމަތުގައެވެ.

އެއަންހެން މީހާ ކުޑަކުއްޖާ ގޮވައިގެން އެކްސްލް ޕްރީ ސްކޫލަށް ވަނުމުން ބިދޭސީ މީހާ ވަނީ ސްކޫލުތެރެއަށްވަދެ އަންހެން މީހާއާއި ބެހެން މަސައްކަތް ކޮށްފައެވެ. އެއަންހެން މީހާގެ އިތުރުން އެސްކޫލުގެ ޓީޗަރަކާއިވެސް ބެހެން ބިދޭސީ މީހާ މަސައްކަތް ކުރިކަމަށާއި އެކަން ހުއްޓުވީ އެވަގުތު އެސްކޫލަށް ގޮސްތިބި ބެލެނިވެރިން ކަމަށް ސަން އަށް މައުލޫމާތު ދިން ފަރާތުން ބުންޏެވެ.