ސާފް ގޭމްސްގައި ވާދަކުރާ ގައުމީ އަންހެން އަދި ފިރިހެން ގައުމީ ވޮލީ ބޯޅަ ޓީމު ތަމްރީންތައް ފުރިހަމަ ކުރިމަށް ތައިލެންޑަށް ދިއުމަށް ނިންމައިފި އެވެ.

ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނީ ގޭމެސްގައި ވާދަކުރާ ފިރިހެން ޓީމް މާދަމާ ތައިލެންޑަށް ފުރުމަށް ހަމަޖެހިފައިވާ އިރު އަންހެން ޓީމް ފުރުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހު ކަމަށެވެ.

ތައިލެންޑަށް ކުރުމަށް ހަމަޖެހިފައިވާ އެ ތަދުރުގައި ވޮލީ ޓީމުން އެ ގައުމުގެ ހަތަރު ކުލަބަކާ އެކު އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް ވީއޭއެއެމް އިން މަސަތްކަތް ކުރަމުން އަންނަ އިރު ފިރިހެން ވޮލީ ޓީމަށް ކޯޗުކޮށްދޭނީ ތައިލެންޑްގު ސުންޓޮން ފޮސީޓާ އެވެ.

އަންނަ މަހުގެ 6 އިން 16 އަށް އިންޑިއާގެ އިރުމަތީގެ އާސާމްގެ ގުވާހަޓީ އަދި ޝިލޮންގައި ބާއްވަން ނިންމައިފިވާ ސައުތު އޭޝިއަން ގޭމްސްގައި ސަރުކާރުގެ ހަރަދުގައި ދާނެ ޓީމްތައް ކަނޑައަޅާފައިވާ އިރު އޭގެ ތެރޭގައި އަންހެން އަދި ފިރިހެން ވޮލީ ޓީމް ވެސް ވަނީ ހިމެނިފައެވެ.