20 Jan 2016, 13:20
އުރީދޫގެ އެހީގައި އަމިއްލަ ވިޔަފާރިތައް ކުރި އެރުވޭނެ ގޮތްތަކާއި ހުރި ފުރުސަތުތަކާ ގުޅޭ ގޮތުން ވިޔަފާރިވެރިންނަށް މައުލޫމާތު ދިނުމުގެ ފޯރަމެއް އެ ކުންފުނިން މިއަދު ބާއްވައިފި އެވެ.
"އުރީދޫ ބިޒްނަސް ފޯރަމް"ގެ ނަމުގައި އެއް ދުވަހުގެ މުއްދަތަށް ހޮޓެލް ޖެންގައި ކުރިއަށްދާ އެ ފޯރަމްގައި އެ ކުންފުނީގެ "ބިޒްނަސް ޕޯޓުފޯލިއޯ" ވެސް ވަނީ ތައާރަފުކޮށްފަ އެވެ.
އުރީދޫއިން ބުނީ، ކަސްޓަމަރުންގެ ވިޔަފާރިތަކަށް ބޭނުންވާ އެއްބާރުލުންދީ، އެ ވިޔަފާރިތައް ކުރި އެރުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އެ ކުންފުނީގެ އަމާޒު ކަމަށެވެ.
އެގޮތުން މިއަދު ކުރިއަށް ދާ ފޯރަމުގައި، އުރީދޫގެ އިންޓަނެޓުގެ ހިދުމަތާއި މޯބައިލުގެ ހިދުމަތް އަދި ސްމާޓު ސިޓީ ސޮލިއުޝަނާއި ސްމާޓު ސެކިއުރިޓީ، ސްމާޓު ސަވައިލެންސްގެ އިތުރުން ސްމާޓު އޮފީސް ސޮލިއުޝަން ބޭނުންކޮށްގެން ވިޔަފާރިވެރިންގެ ވިޔަފާރި ކުރި އެރުވުމަށް ހުރި ފުރުސަތުތައް ކިޔައިދެވޭނެ ކަމަށް އުރީދޫއިން ބުނެ އެވެ.
އުރީދޫއިން ކުރިއަށް ގެންދާ އެ ފޯރަމުގައި ރާއްޖޭގެ ކުރާ އަމިއްލަ ވިޔަފާރިތަކުން 50 ފަރާތެއް ބައިވެރިވެ އެވެ.
އުރީދޫގެ ވިޔަފާރި، ދުނިޔޭގެ އެކި ކަންކޮޅުތަކުން ނުވަ މިލިއަނެއްހާ ވިޔަފާރިތަކަށް ކޭޓާ ކުރެއެވެ. މިއީ ރާއްޖެއަށް އެ ވިޔަފާރި ތައާރަފު ކުރި ފުރަތަމަ ފަހަރެވެ.