20 Jan 2016, 12:59
މާޒިޔާއަށް ކުޅުންތެރިން ހޯދުމަށް އެ ޓީމުން ބާއްވާ ޓްރެޔަލް މިއަދު ފަށާ ގޮތަށް ހަމަޖެހިއްޖެ އެވެ.
އެ ކުލަބުން ބުނީ އެޓްރެޔަލުން ރަނގަޅަށް ޕާފޯމް ކުރާ ކުޅުންތެރިންނަށް ޓީމުން ފުރުސަތު ދޭނެ ކަމަށެވެ.
މާޒިޔާގެ ޖެނަރަލް ސެކެޓްރީ ޢަބްދުލް ވައްހާބު ވިދާޅުވީ ޓްރެޔަލްގައި ކިތަންމެ ހަގު ކުޅުންތެރިންނަށްވެސް ބައިވެރިވެވޭނެ ކަމަށެވެ.
އެގޮތުން އުމުރުން ހަގު ކުޅުންތެރިންނަށް ވެސް މާޒިޔާގެ 23 އަހަރުން ދަށުގެ ޓީމުންނާއި 19 އަހަރުން ދަށުގެ ޓީމުން ވެސް ފުރުސަތު ދޭނެ ކަމަށް މާޒިޔާގެ ވަހައްހާބު ވިދާޅުވި އެވެ.
އަދި ޓްރެޔަލްގައި މާޒިޔާގެ ކޯޗުން ސްޓާފުންނާއި މާަޒިޔާގެ ފުޓްބޯޅަ އެކެޑެމީގެ ކޯޗުންގެ އިރުޝާދު ކުޅުންތެރިންނަށް ލިބި ކުޅުންތެރިންގެ ހުނަރު ތަރައްޤީ ކުރުމަށް އެހީތެރިކަން ލިބިގެންދާނެ ކަމަށް ވައްހާބު ވިދާޅުވި އެވެ.
ޓްރެލް ބޭއްވުމަށް ހަމަޖެހިފައި ވަނީ މާފަންނު ސްޓޭޑިއަމްގައި ޓާފް ދަނޑަގަ އެވެ.
އެ ކުލަބުން ބުނީ ފުޓްބޯޅައަށް ޝައުގުވެރިވާ ހުރިހާ ކުޅުންތެރިންނަށް ވެސް މާޒިޔާގެ ޓްރެޔަލްގައި ބައިވެރިވުމަށް ޢާންމުކޮށް ދައުވަތު އަރުވާ ކަމަށެވެ.