އެމެރިކާގެ ދެކުނުގެ އެކި ސްޓޭޓްތަކަށް އަރަމުންދާ ބާރުގަދަ ތޫފާންތަކުގައި، ގިނަ ބަޔަކު މަރުވެ، އެތައް ބަޔަކު ޒަހަމްވެ، އަދި މުދަލަށާއި ގެދޮރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ، އެކަމުގެ ހިތާމައިގައި އެމެރިކާގެ ރައީސް ބަރަކް އޮބާމާއަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ހަމްދަރުދީ ފޮނުއްވައިފި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ ރައީސް އޮބާމާ އަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ހަމްދަރުދީގެ މެސެޖްގައި، އެ ހިތާމައިގައި ބައިވެރިވެވަޑައިގެން، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އެމެރިކާ ސަރުކާރަށާއި ރައްޔިތުންނަށާއި ރައީސް އޮބާމާ އަށް އަދި އެ ހާދިސާގައި ގެއްލުން ލިބުނު ރައްޔިތުންނަށް ވަރަށ