20 Jan 2016, 09:05
ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންނެވި ބަންގުލަދޭޝްގެ ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް އަބޫ ބިލާލް މުޙައްމަދު ޝާފިއުލް ޙައްޤު ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އިއްޔެ ފުރާވަޑައިގެންފި އެވެ.
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން އަބޫ ބިލާލަށް އަލްވަދާއު ވިދާޅުވީ ބަންގްލަދޭޝް އިން ދިވެހިރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ރިއަ އެޑްމިރަލް ކާޒީ ސަރްވަރ ޙުސައިން އާއި ބްރިގޭޑިއާ ޖެނެރަލް ޢަލީ ޒުހައިރާއި ކާނަލް ވައިސް ވަހީދު އެވެ.
ބަންގުލަދޭޝްގެ ޗީފް އާމީ ރާއްޖެ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް އާ ބައްދަލު ކުރައްވާފައިވެ އެވެ.
ހަމައެހެންމެ ރާއްޖޭގެ އަސްކަރިއްޔާ އަށް ބަންގުލަދޭޝް ސަރުކާރުން ހަދިޔާ ކުރި ހަތް ޕިކަޕު ވެސް ބަންގުލަދޭޝްގެ ޗީފު އޮފް އާމީ ވަނީ ރާއްޖޭގެ އަސްކަރިއްޔާއާ ހަވާލުކޮށްފަ އެވެ.