Last Updated:
10 year 10 month ago

ސެމީ ފައިނަލް، ފުލްޓައިމް: ރާއްޖެ 1-4 ނޭޕާލް

    ބުލޮގު ޚުލާސާ

    ބަންގަބަންދު ގޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ރާއްޖެއާއި ނޭޕާލް ބައްދަލުކުރާ މެޗުގެ ލައިވް ކަވަރޭޖަށް މަރުހަބާ!

    18:31

    ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ، އަންނަ ހުކުރު ދުވަހު ހަވީރު 4:00ގައި.

    18:30

    މުބާރާތުގެ ފައިނަލްގައި ނޭޕާލާ ދެކޮޅަށް ނުކުންނާނީ، ސެމީގެ ފުރަތަމަ މެޗުގައި ބަނގުލަދޭޝްގެ ސީނިއާ ޓީމު ބަލިކޮށް ފައިނަލުން ޖާގަ ހޯދި ބަހްރެއިންގެ ޒުވާން ޓީމާ ދެކޮޅަށް.

    18:26

    މި މެޗުގައި ނޭޕާލުން ރާއްޖޭ ކޮޅަށް 18 ހަމަލާ އުފެއްދި އިރު ރާއްޖޭ ޓީމުން ވަނީ ނޭޕާލް ގޯލަށް 12 ހަމަލާ ފޮނުވާލާފައި.

    18:25

    ނަވަޔުގު ޝްރެޝްތާގެ ހެޓްރިކާއެކު 4-1 އިން ރާއްޖެ ބަލިކޮށް ނޭޕާލް މިވަނީ، ބަންގަބަންދު ގޯލްޑް ކަޕް 2016ގެ ފައިނަލުން ޖާގަ ހޯދާފައި.

    18:23

    މެޗު ނިމިއްޖެ.

    18:22

    މިހާރު ކުރިއަށް ދަނީ އިތުރު ވަގުތުގެ 4 މިނިޓްގެ ފަހު މިނިޓްގެ ކުޅުން.

    18:22

    ނޭޕާލް ޓީމުން ހަތަރު ވަނަ ލަނޑު ޖަހައިފި. ލަނޑު ޖެހީ ނަވަޔުގު ޝްރެޝްތާ.

    18:17

    ރާއްޖޭ ޕެނަލްޓީ އޭރިޔާގެ ރޮނގުމަތިން ނޭޕާލްގެ ބިކްރަމް ލާމާއަށް ލިބިނު ބޯޅަ އޭނާ ވަރަށް ބާރަށް ފޮނުވާލި ނަމަވެސް ބޯޅަ ގޯލަށް އަމާޒެއް ނުވި.

    18:15

    އަސްހަދު އަލީއަށް ރީނދޫ ކާޑެއް.ނޭޕާލްގެ ރަންޖަން ބިސްޓާ އަތުން ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި އަޑޭ އޭނާއަށް ފައުލް ކުރީ.

    18:14

    މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ބާކީ 4 މިނިޓް.

    18:12

    ނޭޕާލް ޓީމުން ބަދަލެއް. އަންޖަން ބިސްޓާގެ ބަދަލުގައި ކުޅެން އަރަނީ، ކަމާލް ޝްރެސްތާ.

    18:10

    އަނެއްކާވެސް ރާއްޖޭ ޓީމުން ހަމަލާއެއް. ހަސަން ނާއިޒް ނޭޕާލް ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ނާއްޓެ ބޮލުން ޖަހައިގޯލަށް ފޮނުވާލީ. އެހެންނަމަވެސް ބޯޅަ ދިޔައީ ގޯލްގެ އަރިމަތިން ބޭރަށް.

    18:09

    ރާއްޖެއަށް ލަނޑު ޖަހާނޭ ރަނުގެ ފުރުސަތެއް ބޭކާރުވެއްޖެ. ނޭޕާލް ޕެނަލްޓީ އޭރިޔާ ތެރެއަށް އާއްކޮ ފޮނުވާލި ބޯޅަ އަންސާރު ވަރަށް ރީއްޔަށް ގޯލަށް ފޮނުވާލި. އެހެން ނަމަވެސް ބޯޅަ އަމާޒުވީ ގޯލްގެ އަރިމަތީ ދަނޑިއަށް.

    18:05

    ރާއްޖެ ލަނޑު ޖަހައިފި.ލަނޑު ޖެހީ ނާޝިދު. ނާއިޒް ވަރަށް ރީތިކޮށް ނޭޕާލް ޕެނަލްޓީ އޭރީޔާ ތެރޭން ނާއްޓެއަށް ދިން ބޯޅަ ހަމަ އެހާ ރީތިކޮށް ނާއްޓެ ފޮނުވާލީ.

    17:54

    ރާއްޖޭ ޓީމުން ބަދަލެއް.އިސްމާއީލް އީސާގެ ބަދަލުގައި ކުޅެެން އެރީ ހަމްޒާ މުހައްމަދު (ހަމްޕު).

    17:50

    ނޭޕާލް ތިން ވަނަ ލަނޑު ޖަހައިފި.ލަނޑު ޖެހީ ނަވަޔުގު. ބިކްރަމް ލާމާ ވަރަށް ރީތިކޮށް ރާއްޖޭ ޕެނަލްޓީ އޭރިޔާ ތެރެއަށް ފޮނުވާލި ބޯޅަ ވަރަށް ރީއްޗަށް ހޯދުމަށް ފަހު ގޯލް ތެރެއަށް ފޮނުވާލީ ކީޕަރު ފައިސަލަށް ބޯޅަ ދިފާއުކުރާނޭ ކުޑަވެސް ފުރުސަތެއް ނުދީ.

    17:46

    ނާއްޓޭ ވަރަށް ރީތިކޮށް ނޭޕާލް އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ އާއްކޮ ބޮލުން ޖަހައި ގޯލަށް ފޮނުވާލި. އެހެން ނަމަވެސް އާއްކޮއަށް އެހާރަނގަޅަށް ބޯޅައިގައި ބޮލުން ޖެހޭ ގޮތެއް ނުވި. ބޯޅަ ދިޔައީ ގޯލް އަރިމަތިން ބޭރަށް.

    17:41

    ނޭޕާލް ދެވަނަ ލަނޑު ޖަހައިފި.ލަނޑު ޖެހީ ބިޝާލް ރާއީ. ރާއްޖޭ ޕެނަލްޓީ އޭރިޔާ ތެރޭން ބީޝާލަށް ލިބުނު ބޯޅަ ވަރަށް ރީތިކޮށް އޭނާ ގޯލްތެރެއަށް ފޮނުވާލީ. ރާއްޖޭ ޓީމުން ޑިފެންސިވް އެރާއެއް. އެވަގުތު އޭރިޔާ ތެރޭގައި ތިބި ރާއްޖޭގެ ޑިފެންޑަރުން ތިބީ ތަންކޮޅެއް ފަހަތުގައި. ބޯޅައަށް އެރީ ކީޕަރު ފައިސަލް. އެހެން ނަމަވެސް ފައިސަލަށް ބޯޅަ ލިބުމުގެ ކުރީން ބިޝާލް އެ ބޯޅަ ގޯލްތެރެއަށް ފޮނުވާލީ.

    17:34

    ދެވަނަ ހާފް ފަށައިފި.

    17:18

    ފުރަތަމަ ހާފް ނިމިއްޖެ.ނޭޕާލް 1، ރާއްޖެއަށް ލަނޑެއް ނުޖެހޭ.

    17:17

    ފުރަތަމަ ހާފްގެ އިތުރު ވަގުތުގެ ގޮތުގައި 1 މިނިޓް ދައްކައިފި.

    17:15

    އިސްމާއީލް އީސައަށް ނޭޕާލް ޕެނަލްޓީ އޭރިޔާ ރޮނގުމަތިން ލިބުނު ބޯޅަ ފަޔަށް ހެޔޮވަރުކޮށްލާފައި ވަރަށް ބާރަށް ގޯލަށް ފޮނުވާލި ނަމަވެސް ނޭޕާލް ކީޕަރު އަތުން ޖަހައި ބޯޅަ ކޯނަރަކަށް ބޭރުކޮށްލީ.

    17:08

    އަނެއްކާވެސް ނޭޕާލް ޓީމުން ހަމަލާއެއް. ރާއްޖޭ ޕެނަލްޓޯ އޭރިޔާ ތެރެއަށް ނޭޕާލް ކުޅުންތެރިއަކު ހުރަސްކޮށްލި ބޯޅަބިޝާލް ރާއީ ބޮލުން ޖަހައި ގޯލަށް ފޮނުވާލީ އެހެން ނަމަވެސް ގޯލަށް އަމާޒެއް ނުވި.

    17:03

    ނޭޕާލް ލަނޑު ޖަހައިފި.ބިމާލް ރާއްޖޭ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެ ގޯލަށް ފޮނުވާލި ބޯޅަ ގޯލްގެ ދަނޑީގައި ޖެހިފައި ބޭރަށް ނުކުތްވަގުތު، ނަވަޔުގު ޝްރެޝްތާ ގޯލްތެރެއަށް ބޯޅަ ފޮނުވާލީ.

    17:01

    ނޭޕާލް ޕެނަލްޓީ އޭރިޔާ ބޭރުން ނާއިޒް ފޮނުވާލި ބޯޅަ ގޯލް ކީޕަރު ބިކޭޝް ދިފާއުކުރީ.

    16:58

    މެޗުގައި 25 މިނިޓް ކުޅެވިއްޖެ. އަދި އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހޭ. ބޯލް ޕޮޒިޝަނަށް ބަލާއިރު، ނޭޕާލް 70 ޕަސެންޓް. ރާއްޖެ 30 ޕަސެންޓް.

    16:52

    ނާއިޒް ނޭޕާލް ހާފްތެރޭން ބޯޅަ ހިފައިގެން އެޓީމުގެ ޑިފެންޑަރެއް ކައިރިން ކަޓުވާލާފައި ގޮސް، ޕެނަލްޓީ އޭރިޔާ ތެރޭން ރާއްޖޭ ކުޅުންތެރިއަކަށް ބޯޅަ ދެވޭތޯ މަސައްކަތްކުރި. އެހެން ނަމަވެސް ރާއްޖޭ ކުޅުންތެރިއަކަށް ބޯޅަ ލިބޭގޮތެއް ނުވި.

    16:48

    ނޭޕާލުން ހަމަލާއެއް. ކައުންޓާ އެޓޭކްގައި އެޓީމުގެ ފޯވާޑް ނަވަޔުގް ޝްރެސްތާއަށް ރާއްޖޭ ޕެނަލްޓީ އޭރިޔާ ބޭރުން ލިބުނު ބޯޅަ އޭނާ ގޯލަށް ފޮނުވާލި. އެހެންނަމަވެސް ކީޕަރު ފައިސަލް ވަރަށް ހުށިޔާރުކޮށް ބޯޅަ މަތަކުރީ.

    16:47

    ރާއްޖެއަށް ކޯނަރެއް. އިސްމާއީލް އީސާ ނަގައިދިން ކޯނަރު ނޭޕާކް ކުޅުންތެރީން ދިފާއުކުރީ.

    16:36

    ނާޝިދު ވަރަށް ރީތިކޮށް ނޭޕާލް ގޯލް ކުރިމަށްޗަށް ހުރަސްކޮށްލި ބޯޅަ ނާއިޒް ހަސަން ބޮލުން ޖަހައި ގޯލަށް ފޮނުވާލި. އެހެން ނަމަވެސް ބޯޅަ ގޯލަށް އަމާޒެއް ނުވި.

    16:32

    މެޗު ފަށައިފި.

    16:31

    މެޗު ފެށުމަށް ދެޓީމުގެ ކުޅުންތެރިން ދަނޑަށް ނުކުމެއްޖެ.

    16:27

    މި މުބާރާތުގެ ސެމީން ރާއްޖެ ޖާގަ ހޯދާފައި ވަނީ، ގްރޫޕް ބީ ގެ އެއްވަނަ ޓީމުގެ ގޮތުގައި. ނޭޕާލް ސެމީއަށް ދަތުރުކޮށްފައި ވަނީ، ގްރޫޕް އޭ ގެ ދެވަނަ ޓީމުގެ ގޮތުގައި.

    16:23

    މިއަދުގެ މެޗަށް ނެރޭ ރާއްޖޭގެ ފުރަތަމަ 11:

    • ސަމޫހު އަލީ.
    • އަހްމަދު އަބްދުﷲ.
    • އަހްމަދު އިމާޒް.
    • އިސްމާއީލް އީސާ.
    • ނާއިޒް ހަސްން
    • އަސްހަދު އަލީ (ކެޕްޓަން).
    • އަލީ ފާސިރު.
    • އަހްމަދު ނާޝިދު.
    • ސަމާމް ގާސިމް.
    • ސާއިފް މުހައްމަދު.
    • މުހައްމަދު ފައިސަލް (ގޯލްކީޕަރު).
    16:23

    ރާއްޖެ އިން ނޭޕާލްގެ މައްޗަށް ހަތް ފަހަރު ކާމިޔާބު ހޯދާފައިވާ އިރު، ނޭޕާލަށް ރާއްޖޭގެ މައްޗަށް ކާމިޔާބު ހޯދިފައިވަނީ ހަތަރު ފަހަރު. އަދި 1999 ވަނަ އަހަރުގެ ފަހުން ނޭޕާލަށް ރާއްޖެ ބަލިކުރެވިފައެއް ނުވޭ.

    16:21

    މިއަދުގެ ސެމީ ފައިނަލް މެޗަށް މި ދެޓީމް ނުކުންނައިރު، މި ދެ ޓީމުގެ ކުރިމަތިލުންތަކުގެ ފުރަތަމަ ކޮޅު ނޭޕާލުން ވަނީ ރާއްޖޭގެ މައްޗަށް ކާމިޔާބު ހޯދައިފައި. ނަމަވެސް ނޭޕާލްގެ ކޯޗް ބަލްގޯޕާލް މާހަރަޖަން ބުނެފައިވާ ފަދައިން ރާއްޖެ އިން މިހާރު ވަނީ ފުޓްބޯޅަ ތަރައްގީކޮށް ނޭޕާލަށް ވުރެ ކުރިއަރަފައި.