ނަގޯޔާ (ޖެނުއަރީ 19):ދުނިޔޭގެ އެންމެ ދުވަސްވީ ފިރިހެން މީހާގެ ލަގަބުދީފައިވާ، 112 އަހަރުގެ ޔަސުޓާރޯ ކޮއިޑީ މިއަދު މަރުވެއްޖެ އެވެ.

މިދިޔަ އަހަރު ދުނިޔޭގެ އެންމެ ދުވަސްވީ މީހާގެ ލަގަބު ލިބުނު ކޮއިޑީ އުފަންވީ 13 މާޗް 1903 ވަނަ އަހަރު ޖަޕާނުގެ ނަގޯޔާ ސިޓީއަށެވެ.

ކޮއިޑީ ބުނި ގޮތުގައި އޭނާ އެހާވަރަށް ގިނަ ދުވަހަށް ދިރިހުރުމުގެ ސިއްރަކީ ސިނގިރެޓް ނުބޮއި، ރާ ނުބޮއި، ހުރިހާ ކަމެއްވެސް މެދުމިނުމުގައި ކުރުން ކަމަށާއި، އުފަލުގައި ދިރިއުޅުން ކަމަށެވެ.

އޮފިޝަލުން ވިދާޅުވި ގޮތުގައި ކޮއިޑީ މަރުވީ މިއަދު ހެނދުނު ނިއުމޯނިއާ ޖެހިގެން ހިތް ހުއްޓުމުގެ ސަބަބުންނެވެ.

ދެ ޖިންސަށް ބަލާއިރު ދުނިޔޭގައި ހުރި އެންމެ ދުވަސްވީ މީހާ އަކީ އެމެރިކާގެ ރައްޔިތެއް ކަމަށްވާ ސޫޒަން ޖޯންސް އެވެ. އޭނާގެ އުމުރުން މިހާރު 116 އަހަރެވެ.

މިހާތަނަށް ދުނިޔޭގައި އެންމެ ގިނަ ދުވަސްވަންދެން ދިރިއުޅެފައިވާ ކަމަށް ރިކޯޑު ކުރެވިފައިވާ މީހަކީ 122 އަހަރާއި 164 ދުވަސްވަންދެން ދިރިއުޅުނު ފްރާންސުގެ ރައްޔިތެއް ކަމަށްވާ ޖަން ކަލްމޯ އެވެ. އޭނާ މަރުވީ އޮގަސްޓު 1997ގައި އެވެ. (ބީބީސީ)