19 Jan 2016, 16:10
ކަސްޓަމްގެ މައި އިމާރާތް ވަށައިގެން ހުރި ޕާކިން ޒޯންތައް ހަމައެކަނި ސައިކަލް ޕާކް ކުރެވޭނެގޮތް ހަދައިފިއެވެ.
ކަސްޓަމްސްގެ ސީނިއާ ސުޕްރިޓެންޑެންޓް އަހުމަދު ނިޔާޒު "ސަން" އަށް މިއަދު ވިދާޅުވި ކަސްޓަމް ވަށައިގެން ހުރި ޕާކިން ޒޯންތައް ވަކި ވެހިކަލްތަކަކަށް ހާއްސަ ކުރެވިފައި ނެތުމުން އެސަރަހައްދުގައި ދުއްވާ ބޮޑެތި އުޅަނދު ފަހަރު ޕާކްކުރަމުން ދާ ކަމަށެވެ. އެހެންކަމުން ކަސްޓަމް މުވައްޒަފުންނާއި ހިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށްވެސް ދަތިތަކާއި ކުރިމަތިވާ ކަމަށް ނިޔާޒު ވިދާޅުވިއެވެ.
ހަމައެކަނި ސައިކަލް ޕާކް ކުރާގޮތަށް އެޒޯންތައް ހަމަޖެއްސުމުން ކަސްޓަމް އޮފީހުގައި މަސައްކަތްކުރާ 300 އެއްހާ މުވައްޒަފުންނާއި ކަސްޓަމްސްއަށް ހިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ފަސޭހަ ވެގެންދާނެ ކަމަށް ނިޔާޒު ވިދާޅުވިއެވެ.
"ދެން އެއީ ހަމައެކަނި ކަސްޓަމް މުވައްޒަފުންނަށް އެކަންޔެއްނޫން، ވާހަކައަކީ ސައިކަލް ޕާކްކުރާ ޒޯންއަކަށް އެތަން ބަދަލުވީ، ހިދުމަތް ހޯދާ ފަރާތްތަކުންނަށްވެސް އާންމުންނަށްވެސް ވެސް." ނިޔާޒު ވިދާޅުވިއެވެ.
ކަސްޓަމް މައި އިމާރާތް ހުންނަ ސަރަހައްދަކީ މުދާ އުފުލާ ބޮޑެތި އުޅަނދުތައް ދަތުރުކޮށް ޕާކްކޮށް ހަދާ ސަރަހައްދެކެވެ.