އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވުމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު މާދަމާ ސައުދީ އަރަބިއްޔާގެ ޖިއްދާއަށް ވަޑައިގަންނަވާނެ އެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން ދުންޔާ ވިދާޅުވީ ޖިއްދާގައި ބާއްވަނީ އޯއިސީގެ ފޮރިން މިނިސްޓަރުންގެ ހާއްސަ ބައްދަލުވުމެއް ކަމަށާއި އެއީ މައިގަނޑު ދެކަމަކާ މަޝްވަރާ ކުރެއްވުމަށް ބާއްވާ ބައްދަލުވުމެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އޯއައިސީގެ ފޮރިން މިނިސްޓަރުންގެ ހާއްސަ ބައްދަލުމުގައި މަޝްވަރާ ކުރަން ހަމަޖެހިފައި ވަނީ ސައުދީ އަރަބިއްޔާއާ އީރާނާ ދެމެދު އުފެދިފައިވާ ހަމަނުޖެހުމާއި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ ހަމަނުޖެހުންތަކާ ބެހޭ ގޮތުން ކަމަށެވެ.

"...ދިވެހިރާއްޖެއަކީ ހަމަ ފަލަސްތީނު ރައްޔިތުންގެ ހައްގުގައި އަބަދުވެސް ވަކާލާތުކޮށް ވާހަކަ ދައްކަމުންދާ ގައުމެއް. އެގޮތުން މިކަހަލަ މުހިއްމު މައްސަލައެއްގައި މަޝްވަރާ ކުރާ މޭޒުކައިރީގައި އަޅުގަނޑުމެން ތިބުމަކީ މުހިއްމު ކަމަކަށް ވާތީ ރައީސުލްޖުމްހޫރިއްޔާގެ އެދުންފުޅެއް ދިވެހިރާއްޖޭން، އަޅުގަނޑުމެން ދިވެހިރާއްޖެ ތަމްސީލުކުރުމަކީ،" ޖިއްދާއަށް ކުރައްވާ ދަތުރުފުޅާ ބެހޭ ގޮތުން ދުންޔާ ވިދާޅުވި އެވެ.