19 Jan 2016, 13:41
މިދިޔަ އަހަރު އޯލަވެލް ހެދި ދަރިވަރުންގެ ނަތީޖާ ދޫކުރަން ފަށައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ އޯލެވެލް ނަތީޖާ އޮންލައިންކޮށް ހުރިހާ ސްކޫލަކާ ހިއްސާކޮށްފައިވާ ކަމަށާއި މިއަދު ސްކޫލުތަކުން އެ ނަތީޖާ ކުދިންނަށް ދޫކުރަން ފަށާފައިވާ ކަމަށެވެ.
"އެމަރުކަޒެއްގައި އިމްތިހާން ހެދި ކުދިންގެ ނަތީޖާ މިއަދު ދޫކުރާނެ." ވިދާޅުވި އެވެ.
މިދިޔަ އަހަރު ފަހުކޮޅު ބޭއްވި އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން ޖުމްލަ 7،066 ދަރިވަރެއް ވަނީ ބައިވެރިވެފަ އެވެ. ދެހާސް ސާދަ ވަނަ އަހަރާއި އަޅާބަލާ އިރު މިދިޔަ އަހަރު އޯލެވެލް އިމްތިހާނުގައި ސްކޫލުތަކުން ބައިވެރިވި އަދަދު އިތުރެވެ.
ދެހާސް ސާދަ ވަނަ އަހަރުގެ އޯލެވެލް އިމްތިހާނުގައި ދުނިޔޭގެ ފެންވަރުގައި އަދި ގައުމީ ފެންވަރުގައި ގަދަ 10 އަކަށް 469 ދަރިވަރަކު ހިމެނިފައިވެ އެވެ.