ކާނިވާ ސަރަހައްދުގައި އޮތް ދެ ކާރެއްގައި އަލިފާން ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފި އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އަދުނާން މުހައްމަދު ސަން އަށް ވިދާޅުވީ ކާނިވާ ސަރަހައްދުގައި އޮތް ދެ ކާރެއްގައި ރޯވެ އަނދަމުންދާ ކަމުގެ އަނދަމުންދާކަން ސިފައިންނަށް ރިޕޯޓް ކުރީ ހަވާރު 4:30 ހާއިރު ކަމަށެވެ.

އަދި ރޯވި އަލިފާން ހަވީރު 16:25 އެހާކަންހާއިރު އެއްކޮށް ކޮންޓްރޯލް ކުރެވުނު ކަމަށާއި ހާދިސާގައި އިތުރު އުޅަނދަކަށް ނުވަތަ މީހަކަށް ވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އަދުނާން ވިދާޅުވި އެވެ.

އަލިފާނުގެ ހާދިސާގައި އަނދާފައި ވަނީ ކާނިވާ ސަރަހައްދުގައި އޮތް ބޭނުން ނުކުރާތާ ގިނަ ދުވަސްތަކެއްވީ ދެ ކާރުގައި ކަމަށް އަދުނާން ވިދާޅުވި އެވެ.

"ދެ ކާރު ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި،" އޭނާ ވިދާޅުވި އެވެ.