19 Jan 2016, 08:40
ބޮލީވުޑްގެ މަޝްހޫރު ތަރި ސޮނާކްޝީ ސިންހާ، ކުޑަ ދުވަސްކޮޅަކަށް ޓުވިޓާ އާ ދުރަށް ދާން ނިންމައިފި އެވެ.
ކުޑަ ދުވަސްކޮޅަކަށް ޓުވިޓާ އާ ދުރަށް ދާން ނިންމާފައިވާ ކަން ހާމަ ކުރުމަށް އޭނާ ކުރި ޓުވީޓެއްގައި ބުނެފައި ވަނީ، އަމިއްލަ ނަފްސަށް ވަގުތު ދިނުމަށް ބައެއް ފަހަރު ދުނިޔޭގެ އެހެނިހެން ކަންތައްތަކާ ދުރަށް ދާން ޖެހޭ ކަމަށެވެ.
"އަމިއްލަ ނަފްސަށް ވަގުތު ދިނުމަށް ބައެއް ފަހަރު ދުނިޔެއާ ޑިސްކަނެކްޓު ވާން ޖެހޭ. ޓުވިޓާ ބްރޭކު"، ސޮނާކްޝީ ކުރި ޓްވީޓުގައި ބުނެފައިވެ އެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން ހަ މިލިއަން މީހުން ޓުވިޓާ މެދުވެރިކޮށް ސޮނާކްޝީ އަށް ފޮލޯ ކުރެ އެެވެ.
ކުޑަދުވަސްކޮޅަކަށް ޓުވިޓާއާ ދުރަށް ދާން އުޅޭކަން ސޮނާކްޝީ އިއުލާނު ކުރި ނަމަވެސް، ފޭސްބުކް އަދި އިންސްޓަގްރާމާ ދުރަށް ދާނެ ކަމެއް އޭނާ ހާމަކޮށްފައް ނުވެ އެވެ.