މާލޭގައި މޫދަށް އެރެން ހާއްސަކޮށް ހަދާފައިވާ "ޓުރެކް" ސަރަހައްދުން ފެނުނު ތިޖޫރީގެ މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ މޫދުން ފެނިފައި ވަނީ މާލޭގެ އަމިއްލަ އޮފީހެއްގެ ސެކިއުރިޓީ ގާޑުން ރަހީނުކޮށް އެތަނުގެ ދޮރު ހަލާކުކޮށްލައިގެން ވަދެ ގިނަ ޢަދަދެއްގެ ފައިސާ ނެގި މައްސަލައެއްގައި ހިމެނޭ ތިޖޫރިއެއް ކަމަށެވެ. ނަމަވެސް އެއީ ކޮން އޮފީހެއް ކަމެއް ހާމައެއް ނުކުރެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ފުލުހުންނަށް ހުށައެޅުނު ވައްކަމުގެ އެމައްސަލާގައި މޫދުން އެރޭ ތިޖޫރި ހޯދައި އެމައްސަލާގައި ދެމީހަކު އެދުވަހު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 39 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހުންގެ ބަންދަށް ވަނީ 10 ދުވަސް ޖަހާފައެވެ. އިތުރު ތަފްސީލެއް ފުލުހުން އާންމެއް ނުކުރެއެވެ.