އިންޑިއާ އާއި ދިވެހިރާއްޖޭގެ ގުޅުން އިތުރަށް ބަދަހި ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ރަސްމީ ދަތުރުފުޅެއްގައި މިއަދު އިންޑިއާ އަށް ފުރާވަޑައިގެންފި އެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރައްވާ އެ ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހި ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމުގެ އިތުރުން އިންޑިއާގެ އަސްކަރިއްޔާގެ ބައެއް އިސްފަރާތްތަކާ ބައްދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ބުންޏެވެ.

ޑިފެންސް މިނިސްޓަރުގެ އެ ދަތުރުފުޅުގައި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަޙުމަދު ޝާހިދާއި ޑިފެންސް މިނިސްޓްރީގެ ޑިޕާޓްމަންޓް އޮފް އިންޓަނޭޝަނަލް ޑިފެންސް ކޯޕަރޭޝަން އެންޑް ޕޮލިސީގެ ޕްރިންސިޕަލް ޑައިރެކްޓަރު ކާނަލް ޢަބްދުލްމަތީން ބައިވެރިވެވަޑައިގަންނަވަ އެވެ.