18 Jan 2016, 11:48
ބޮލީވުޑްގެ މަޝްހޫރު ތަރި ކަރިޝްމާ ކަޕޫރު، ސަންޖޭ ކަޕޫރު އާ އިނީ ލާރިއަށް ކަމަށް ބުނެ ސަންޖޭ ކޯޓަށް ހުށައެޅި މައްސަލަތަކަށް ކަރިޝްމާގެ ބައްޕަ ރަންދީރު ކަޕޫރު ރައްދު ދީފި އެވެ.
ސަންޖޭ އަށް ރައްދު ދެމުން ރަންދީރު ބުނީ "އަހަރުމެން މީހެއްގެ ލާރި ފަހަތުން ދުވާކަށް ނުޖެހޭ" ކަމަށެވެ.
"މުޅި ދުނިޔެއަށް އިނގޭ ކަޕޫރު އާއިލާއަކީ މުދަލާއި ހުނަރުން މުއްސަނދި އާއިލާއެއްކަން. އަހަރުމެންގެ މުޅި ދިރިއުޅުން އުޅެވޭވަރަށް ލާރި އެބަހުރި. ހުނަރު ވެސް އެބަހުރި. އަހަރުމެން މީހެއްގެ ލާރިފަހަތުން ދުވާކަށް ނުޖެހޭ،" ރަންދީރު ބުންޏެވެ.
ރަންދީރު ބުނީ، ސަންޖޭ މަސައްކަތް ކުރަނީ އޭނާގެ ލޯބިވެރިންނަށް އޭނާގެ މުއްސަނދިކަން އަންގައިދޭން ކަމަށެވެ. ނުވަތަ އެއީ ސަންޖޭ މަޝްހޫރުވާން ކުރި ކަމެއް ކަމަށް ވެސް ރަންދީރު ވަނީ ތުހުމަތުކޮށްފަ އެވެ.
"އަހަރެން އަހަރެންގެ ދަރިން ދެކެ ވަރަށް ލޯބިވޭ.ހާއްސަކޮށް އަހަރެންގެ ކާފަދަރިން ދެކެ. އަހަރެން ކަންބޮޑުވޭ އެކުދިންގެ ހެދި ބޮޑުވުމަށް، އަހަރެން އުއްމީދު ކުރަނީ އެކަންތައްތަކުގެ ސަބަބުން އަހަރެންގެ ކާފަ ދަރިންނަށް ހުތުރުވެ އަސަރު ނުކުރާނެ ކަަމަށް،" ރަންދީރު ބުންޏެވެ.
ކަރިޝްމާ އާއި ސަންޖޭ ކައިވެނި ކުރީ 2003 ވަނަ އަހަރު އެވެ. އެ ކައިވެންޏަށް ދެ ކުދިން ލިބިފައިވެ އެެވެ.
މައުލޫމާތު: ދަ އިންޑިއަން އެކްސްޕްރެސް