17 Jan 2016, 22:35
ކީރިތި ގުރުއާނާ ބެހޭ މަރުކަޒަށް ލަފާދޭ މަޖިލީހެއް މިއަދު އެކުލަވާލައިފި އެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ އެ މަޖިލިސް އެކުލަވާލީ ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހަލުވިކަމާ އެކު ކުރިއަށް ގެންދިއުމަށް ކަމަށެވެ. އެ މަޖިލީހުގެ ޗެއާ ޕާސަނަކީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު އެވެ.
މަޖިލީހުގެ މެމްބަރުންގެ ގޮތުގައި އައްޔަންކޮށްފައި ވަނީ:
- ޝެއިހް މުހައްމަދު ރަޝީދު އިބްރާހިމް
- އުސްތާޒު އަލީ ވަހީދު
- ޝެއިހް އިބްރާހިމް އަހުމަދު
- ޝެއިހް މުހައްމަދު މުސްތަފާ އިބްރާހިމް
- އުސްތާޒު އިބްރާހިމް ރަޝީދު މޫސާ
- މުހައްމަދު ދީދީ
އިސްލާމިކް މިނިސްޓްރީން ބުނީ އެ މަޖިލީހުގެ ބައްދަލުވުންތައް އިންތިޒާމުކޮށް، ވިލަރެސްކޮށް ބަލަހައްޓާނީ ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން ކަމަށެވެ.