ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރަކު ހޯދަން ކުރި އިއުލާނާ ގުޅިގެން ތިން ބޭފުޅަކު އެ މަގާމަށް ކުރިމަތި ލައްވައިފިއެވެ.

ޖޭއެސްސީން ބުނީ އެ މަގާމަށް ކުރިމަތި ލާފައި ވަނީ ކްރިމިނަލް ކޯޓްގެ ޤާޒީ އަބްދުލް ބާރީ ޔޫސުފާއި އެކޯޓުގެ ގާޒީ ސަޢީދު އިބްރާހިމުގެ އިތުރުން ވައިކަރުދޫ ކޯޓްގެ ކޯޓުއިސްމެޖިސްޓްރޭޓް މުޙައްމަދު ނިޔާޒު ކަމަށެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާފައިވާ ބޭފުޅުންގެ ތެރެއިން، ބޭފުޅަކު އައްޔަންކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން މިހާރު ގެންދަނީ ކުރަމުން ކަމަށް ޖޭއެސްސީން ބުންޏެވެ. ހައިކޯޓަށް ފަނޑިޔާރުން ހޯދުމަށް ކޮމިޝަނުން ކޮށްފައިވާ އިއުލާންގެ މުއްދަތު ހަމަވެފައިވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ.