17 Jan 2016, 14:00
ދިވެހި ގައުމީ އަންހެން ފުޓްބޯޅަ ޓީމު ސަރުކާރުގެ ޚަރަދުގައި ސައުތު އޭޝިއަން ގޭމްސަށް ފޮނުވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ނިންމަވައިފި އެވެ.
ކުޅިވަރު ގައުމީ މަޖީލީހުން މި މަހު ތިން ވަނަ ދުވަހު ނިންމާފައިވާ ނިންމުމުގައިވާ ގޮތުން ސާފް ގޭމްސްގައި ސަރުކާރުގެ ޚަރަދުގައި އަންހެން ފުޓްބޯޅަ ޓީމު ފޮނުވުމަށް ނިންމާފައެއް ނުވެ އެވެ.
"ސަން"އާ ވާހަކަ ދައްކަވަމުން އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ބައްސާމް ޢަދީލް ޖަލީލު ވިދާޅުވީ ރައީސްގެ ނިންމެވުމުން ދޭހަ ކޮށްދެނީ ރާއްޖޭގެ ފުޓްބޯޅައަށް ޚާއްސަކޮށް އަންހެންނުގެ ކުޅިވަރު ކުރިއެރުވުމަށް ރާއީސް ޔާމީން ދެއްވާ އަހަމިއްޔަތު ކަމަށާއި ރައީސްގެ ނިންމެވުމަށް ފުޓްބޯޅައިގެ އާއިލާއިން މަރުހާބާ ކިޔާ ކަމަށެވެ.
ބައްސާމް ވިދާޅުވީ ރައީސްގެ ނިންމެވުމުގެ ސަބަބުން ޑިމޯޓިވޭޓްވެފައިވާ އަންހެން ޓީމަށް އިތުރު ހިތްވަރެއް ލިބިގެން ހިނގައްޖެ ކަމަށެވެ.
"ރައީސްގެ ނިންމުމަށް އެފްއޭމްގެ ފަރާތުން ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަން. ރައީސް ޔާމިންގެ ނިންމުން ދޭހަކޮށްދެނީ ރާއްޖޭގެ ފުޓްބޯޅާއަށް އަދި ޚާއްޞަކޯށް އަންހެނުންގެ ކުޅިވަރު ތަރައްޤީއަށް އެމަނިކުފާން ދެއްވާ އަހަމިއްޔަތު،" ބައްސާމް ވިދާޅުވިއެވެ.